A wide advertisement which will be shown on all devices. (700 x 100)

ފީފާ ރޭންކިންގެ އެއްވަނަ އާޖެންޓިނާއަށް

ފީފާގެ އެންމެ ފަހުގެ ރޭންކިންގައި 1 ވަނަ އާޖެންޓީނާއަށް. ފޮޓޯ: ގޯލް.ކޮމް

އެންމެ ފަހުގެ ފީފާ ވޯލްޑްކަޕްގެ ރަނަރަޕް އާޖެންޓީނާ ފިފާ ރޭންކިންގެ އެއްވަނަށް އަރައިފިއެވެ. ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ޗިލީ އަތުން ޕެނަލްޓީން ބަލިވި ކަމުގައި ވިޔަސް އެއްވަނައަށް އެރުމުގެ ފުރުސަތު ޗިލީއަކަށް ނެތެވެ. އެޓީމު އޮތީ އެއަށްވުރެ މާފަހަތުގައެވެ. ކުރިން އެއްވނާގައި އޮތް ފީފާ ވޯލްޑް ކަޕް ޗެމްޕިއން ޖަރުމަނު ވަނީ ދެވަނައަށް ވެއްޓިފައެވެ.

އެންމެ ފަހުގެ ރޭންކިންގައި ބެލްޖިއަމް ރޭންކިންގެ 3 ވަނާގައި އޮތީ އިރު 4 ވަނާގއި އޮތީ ދެކުނު އެމެރިކާގެ ކޮލަމްބިއާއެވެ. މިފަހަރުގެ ޔޫރޯއަށް ކޮލިފައި ނުވި ނެދަރލޭންޑް 5 ވަނާގައި އޮތް އިރު މަޝްހޫރު ބްރެޒިލް އޮތީ 6 ވަނާގައެވެ. ކްރިސްޓިއާނާ ރޮނަލްޑޯގެ ޕޯޗުގަލް 7 ވަނާގައި، އަދި ރޫމެމޭނިއާ 8 ގައި އޮތް އިރު 9 އަދި 10 ގައި އޮތީ އިނގިރޭސި ދެ ގައުމު ކަމުގައިވާ އިންގްލޭންޑާއި ވޭލްސް އެވެ.

ފީފާ ރޭންކިންގެ 10 ވަނައަށް ވޭލްސް އެރުމުން، މިމަހު ފަހުކޮޅު ބާއްވާ ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިންގައި ސީޑު ކުރެވޭ ޓީމުތަކުގެ ތެރޭގައި ވޭލްސް ހިމެނުނީއެވެ. އެއީ ވަރުގަދަ ސްޕޭއިން އާއި އިޓަލީއަށް މިފަހަރު ނުލިބޭނެ ފުރުސަތެކެވެ.  ސްޕޭން 11 ވަނަ ގައި އޮތްއިރު އިޓާލީ އޮތީ 17 ވަނާގައެވެ.

މިއީ ވޭލްސް އަށް ފީފާ ރޭންކިންގ ގައި މިހާތަނަށް ހޯދުނު އެންމެ މަތީ ވަނައެވެ. މީގެ ކުރީގެ ރޭންކިންގ ލިސްޓުން ވޭލްސްއަށް ލިބިފައި ވަނީ 21 ވަނައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !