A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ ވެޓެރަންސް ފުޓްސަލް މުބާރާތުގައި 8 ޓީމު

އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހުސެއިން ޝާފީ، ކުޅިވަރު ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ފ.އ.ކ

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ސްޕޯރޓްސް ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ވެޓެރަސްން ފުޓްސަލް މުބާރާތުގައި 8 ޓީމަކުން ބައިވެރިވެއްޖެއެވެ. ފުވައމުލަކުެގ އޮފިސްތަކަށާއި އަށްތަކަށް ހުޅުވާލި މުބާރާތުަގއި ބައިވެރިވެފައި ވަނީ މުޅިން ވެސް އަވަށްތަކުގެ ޓީމުތައް ކަމަށް އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހުސޭން ޝާފީ ވިދާޅުވިއެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޓީމު ލިސްޓު މިއަދު މެންދުރު ފަހު 2 ގެ ކުރިން އަތޮޅު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. އެއަށްވުރެ ލަހުން ހުށަހަޅާ ޓީމު ލިސްޓްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 1000 ރުފިޔާގެ ޖޫރިމައިނާއާކާ އެކުގައެވެ.

މިމުބާރާތުގައި ބައިވެރިވެފައި ވަނީ ދަޑިމަގު އަވަށު 2 ޓީމާއި ދިގުވާޑު އަވަށުން 1 ޓީމު، ހޯދަޑު އަވަށުން 2 ޓީމު، މާދަޑު އަވަށުން 1 ޓީމު ފުނާޑު އަވަށުން 1 ޓީމު އަދި ދޫނޑިމު އަވަށުން 1 ޓީމެވެ. ފުވައްމުލަކުގެ 8 އަވަށުގެ ތެރެއިން ޓީމު ބަިވެރިވެފައި ނުވަނީ މިސްކިތްމަގާއި މާލެގަމު އަވަށުންނެވެ.

މުބާރާތުގެ ގަވާއިދުގައި ވާގޮތުން 8 ޓީމު ބައިވެރިވުމުން، މުބާރާތުގައި ޓީމުތައް ކުޅެނީ ދެގުރޫޕަކަށް ބަހާލައިގެން ޕޮއިންޓް ސިސްޓަމަށެވެ. އަދި ކޮންމެ ގުރޫޕެއްގެ 1 ވަނަ އަދި 2 ވަނަ ސެމީގައި ކްރޮސް ކޮށް ބައްދަލުކޮށް މޮޅުވާ ދެޓީމު ފައިނަލު ކުޅޭ ގޮތަށެވެ.

މިމުބާރާތް އަމާޒު ކުރެވިފައި ވަނީ 35 އަހަރުން މަތީގެ މީހުނަންށެވެ. ނަމެވެސް ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން ދަށުގެ 2 ކުުންތެރިން ހިމެނި ދާނެއެވެ. އަކަމު މެޗެއްގައި އެއްފަހަރާ ކުޅެން އެރޭނީ އެއިގެ ތެރެއިން އެއް ކުޅުންތެރިއަކަށެވެ.

މުބާރާތުގެ ގުރުއަތުލުން ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ މެދު ދާއިރާގެ ފުޓްސަލް ކޯޓުގައި ކަމަށް މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ޝާފީ ވިދާޅުވިއެވެ.

މުބާރާތުގައި ހޮވުމަށް ހަމޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމު، ރަނަރަޕް ޓީމު، މުބާރާތުގެ އެނެމް މޮޅު 5 ކުޅުންތެރިއން، ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ އަދި މުމާރާތުގެ އެންމެ މޮޅު ކޯޗެވެ. މަގާމު ތަކަށް ފައިސާގެ އިނާމާއި ޓްރޮފީ ހުށަހަޅާފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !