A wide advertisement which will be shown on all devices. (700 x 100)

މުބާރާތުގެ ސީދާ ފައިނަލުގެ ޖާގައަށް ޑްރީމް ކިލަރސް އާއި އެމްޖޭއެސް ވާދަކުރަނީ

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ 3 ވަނަ މެޗުން އެމްޖޭއެސް މޮޅުވީ 3-2 ން.

މިހާރު ކުރިޔަށްދާ ޔޫތު މިކްސް ވޮލީ ޗެމްޕިއަންޝިޕް 2019 ގެ ދެވަނަ ދުވަހުގެ ދެ މެޗުން ވެސް އެމްޖޭއެސް އާއި ޑްރީމް ކިލަރސް މޮޅުވެ ފައިނަލުގެ ސީދާ ޖަގައަށް މި ދެޓީމުން ވާދަކުރަން ޖެހިއްޖެއެވެ. ގްރޫޕް ސްޓޭޖުގައި މިދެޓީމުގެ ފަހު މެޗުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ކުޅުނު ދެމެޗުން ވެސް މިދެޓީމު މޮޅުވެފައިވާތީ އެމެޗުގެ ފޯރި ގަދަވާނެއެވެ.

މުބާރާތުގެ 3 ވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ޓީމާއި ފުވައްމުލައް ސިޓީ ޕޮލިސް ޓީމެވެ. މިމެޗު ވާދަވެރި ކުޅުމަކަށް ފަހު ޓައިއަކަށް ގޮސް 5 ވަނަ ސެޓް އެމްޖޭއެސް އިން ކާމިޔާބު ކުރުމުން، މެޗުން 3 ސެޓް 2 ސެޓުން އެމްޖޭއެސް އަށް ކުރި ލިބެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސް ޓީމުގެ ކެޕްޓަން، ޖާޒީ ނަމްބަރު 5 މުހައްމަދު އަހުމަދު (މުއްޓޭ) އެވެ. މިއީ އެޓީމަށް ލިބުނު ދެ ވަނަ މޮޅެވެ. އެއާއެކު މުބާރާތުގެ މުބާރާތުގެ ފައިނަލަށް ސިދާ ދަތުރުކުރުމަށް އެޓީމުގެ ފަހު މެޗުން މޮޅުވާން ޖެހެއެވެ. އެހެން ނޫންނަމަ ޖެހޭނީ ސެމީ ފައިނަލުގައި 3 ވަނަ ޓީމާއި ވާދަކުރާށެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ 3 ވަނަ މެޗުން މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު އަހުމަދު ޖ.11 އެމްޖޭއެސް

އިއްޔެ ރޭ ކުޅެވުނު މުބާރާތުގެ 4 ވަނަ މެޗުގައި ޑްރީމް ކިލަރސް ޓީމުން ވެސް ވަނީ އެމީހުންގެ ދެވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މިމެޗުގައި އެޓީމުން ވާދަކުރީ ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާގެ ޓީމެވެ. މިމެޗު ޑްރީމް ކިލަރސް އިން ކާމިޔާބުކުރީ ސީދާ 3 ސެޓް 0 ސެޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑްރީމް ކިލަރސް ގެ ޖާޒީ ނަމްބަރު 7 އަލީ ޒިނާގު އެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ 4 ވަނަ މެޗުން މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޒިނާގު ޖ.7 ޑްރީމް ކިލާރސް

މުބާރާތުގެ ރޭންކިންގައި މިހާތަނަށް ކުރި ލިބެނީ ޑްރީމް ކިލަރސް އަށެވެ. އެއީ އެޓީމު ދެމެޗުން މޮޅުވިއިރު އިދިކޮޅަށް ލިބިފައި ވަނީ 1 ސެޓް ކަމަށް ވާތީއެވެ. 2 ވަނަ އެމްޖޭއެސް އަށް ލިބެނީ ދެމެޗުން މޮޅުވެ 2 ސެޓް އެޓީމާއި ދެކޮޅަށް ލިބިފައިވާތީއެވެ. މިދެޓީމަށް އެންމެ ދަށްވެގެން ވެސް މުބާރާތުގެ ސެމީން ޖާގައެއް މިހާރު އެވަނީ ޔަގީން ވެފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފަހުގެ ޖާގަ ލިބޭނީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. މިދެޓީމު ވާދަކުރާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރެއެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ 4 ވަނަ މެޗުން މެޗަށް ދެޓީމުން ތައްޔާރުވެފައި

މުބާރާގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ކޮންމެ ޓީމެއް އެހެން ޓީމުތަކާއި ވާދަކުރާ ގޮތަށް، އެންމެ މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލަށް ދާ ގޮތަށެވެ. ދެ ވަނަ އަދި 3 ވަނަ ޓީމު ސެމީފައިނަލުގައި ވާދަކޮށް މޮޅުވާ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި ޑިސެމްބަރު މަހު 10 ވަނަ ދުވަހުއެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގައި އެމްޖޭއެސް ކުޅުންތެރިން ސަޕައިކަކަށް ތައްޔާރުވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !