A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2016ގެ ޗެމްޕިއަކަން ޕޯޗުގަލްއަށް

ޔޫރޯ 2016ގެ ޗެމްޕއިންކަން ޕޯޗުގަލްއަށް. ޔޫރޯގެ ގަދަ 11.

ފުރާންސްގައި ރޭ ކުޅެވުނު ފޫރޯ 2016ގެ ފައިނަލް މެޗުގައި މުބާރާތް ބާއްވާ ފްރާންސް 1-0ން ބަލިކޯށް މުބާރާތުގެ ޗެމްޕިއަންކަން ޕޯޗުގަލް އިން ހޯދައިފިއެވެ. މިއީ ބޮޑު މުބާރާތެއްގެ ތަށި ޕޯޗުގަލް އަށް ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ކުޅުނުހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް އައި ފްރާންސް މޮޅުވާނެކަމަށް ގިނަބަޔަކު ގަބޫލުކޮށްގެން ތިއްބާ މެޗުގެ ފުރިހަމަ 90 މިނިޓް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނިޓުގެ ދެހާފުގެ ތެރެއިން ފަހު ހާފުައި ޕޯޗްގަލްގެ ގޯލު ކާމިޔާބުކޮށް ދިނީ ބަދަލު ކުޅުންތެރިޔާ އެޑާ އެވެ.

ފްރާންސްގެ ޕެރިހުގައި ކުޅެވުނު ފައިނަލްމެޗު ފެށިގެން ފްރާންސުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ޕޯޗުގަލްގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް ނަސީބު ދެރަކަމުން ގޯލެއް ކާމިޔާބު ނުކުރެވެނެވެ. މުބާރާތުގެ އެންމެ ގިނަ މީހުންގެ ލޯ އަމާޒުވެފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނާ ރޮނަލްޑޯ އަށް މެޗުގެ 25 ވަނަ މިނިޓުގައި އަނިޔާވެ ޖެހުނީ ދަނޑުން ބާލާށެވެ. އެހިސާބުން ފްރާންސަށް މެޗު ފަސޭހަވާނެ ކަމަށް ބެލެވުނު ނަމަވެސް ޕޯޗުގަލްގެ ކުޅުން ވީ ވަރުގަދައެވެ.

ދެވަނަ ހާފުގައި ފްރާންސްގެ ކުޅުން ކުރިއަށްވުރެ ވެސް ވަރުގަދަ ކުރިއެވެ. އަދި ގިނަ ހަމަލާތަކެއް ޕޯޗުގަލްގެ ގޯލަށް އަމާޒުވެގެން ދިޔައެވެ. ޚާއްސަކޮށް ފްރާންސްގެ ފޯވަޑް ސިސޯކޯގެ ބާރު ހަމަތާލާތަކާއި ގްރީޒްމަންގެ ހަމަލާތައް ފާހަގަވިއެވެ. ދެވަނަ ހާފުގައި ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް ފްރާންސްގެ ގޯލަށް ވެސް އަމާޒުވެގެން ދިޔައެވެ. ދެވަނަ ހާފުގެ ފަހު މިނިޓުގައި ފްރާންސްގެ ބަދަލު ކުޅުންތެރިޔާ ޖިނެކް ކީޕަރުކައިރިން ނައްޓާފައި ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޕޯޗްގަލްގެ ގޯލުގެ އަރިމަތީ ދަނޑިއެވެ. އެއާއެކު ދަވަނ ހާފުވެސް ނިމުނީ ގޯލެއް ނުޖެހިއެވެ. މެޗުގައި އިތުރަށް ކުޅުނު 15 މިނިޓުގެ ދެހާފުގެ ތެރެއިން ފަހު ހާފުގައި ޕޯޗުގަލްގެ ރައްދު ހަމަލާއެއްގައި އެޓީމުގެ އެޑަރ ފޮނުވާލި ބޯޅަ ގޯލަށް ވަދެ ޕޮޗުގަލްއަށް އުއްމީދު ގެނެސްދިނެވެ. އެއާއެކު ފްރާންސުން ކުރިއަށްޖެހިލައި ހަމަލާތައް ވަރުގަދަ ކުރިނަމަވެސް މެޗު ނިމުނީ ކްރިސްޓިއާނާ ރޮނަލްޑޯ އާއި ނުލައި ޕޯޗުގީޒުން މޮޅުވެގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅިމެޗުގައި ޕޯޗްގީޒް ޓީމު ލީޑުކުރި ޕެޕޭއެވެ. މުބާރާތުގެ ރަންބޫޓު 6 ގޯލު ޖަހައިގެން ފްރާނސްގެ ގްރިޒްމަން އަށް ލިބުނު އިރު 3 ގޯލު ޖަހައިގެން 3 އެސިސްޓް އާއެކު ރިހި ބޫޓު ލިބުނީ ކްރިސްޓިއާނާ ރޮނަލްޑޯއަށެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޕޯޗުގަލްގެ ރޮނެޓޯ ސަންޗޭޒް އެވެ.

މުޅި ޔޫރޯ މުބާރާތުގެ 51 މެޗުގައި 108 ގޯލު ޖަފާފައި ވެއެވ. އެއީ މެޗަކަށް 2.12 ގޯލެވެ.

މުބާރާތުގެ ގަދަ 11

މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުން 4 ޓީމުގެ ތެރެއިން ފީފާގެ ޓެކްނިކަލް ސްޓާފުން ވަނީ މުބާރާތުގެ ގަދަ 11 ހޮވާފައެވެ. މި11 ކުޅުންތެރިންގެ ފޯމެޓަކަށް ޚިޔާރުކޮށްފައި ވަނީ 4:2:3:1 އެވެ. ގޯލް ކީޕަރ: ޕޯޗުގަލްގެ ރުއީ ޕެޓްރީޝިއޯ، ޑިފެނޑަރުން: ޖަރުމަނުގެ ޖޮޝުއާ ކިމިޗު، ޖަރުމަނުގެ ޖެރޯމް ބޯޓެންގ، ޕޯޗުގަލްގެ ޕެޕޭ، ޕޯޗުގަލްގެ ރަފޭލް ގުއެރޭރޯ އެވެ. މިޑްފިލްޑަރުން: ޖަރުމަނުގެ ޓޯނީ ކްރޫޒް، ވޭލްސްގެ ޖޯ އެލަން، ފްރާންސްގެ އެންޓޯނިއޯ ގްރިޒްމަން، ވޭލްސްގެ އާރޮން ރަމްޒީ އަދި ފްރާނސްގެ ޑިމިތްރީ ޕަޔެޓްއެވެ. ފޯވާޑަކަށް ޕޯޗުގަލްގެ ކްރިސްޓިއާާ ރޮނަލްޑޯއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !