5 އޭޕްރީލް 2020 ( އާދީއްތަ )

banner

ދުނިޔޭގެ ފެންވަރުގެ އެތްލެޓިކްސް ކޯޗުން ތަމްރީނުކުރުމުގެ ކޯހުގެ ފުރަތަމަ ބުރު ނިމިއްޖެ

ފުވައްމުލައް ސިޓީ ކައުންސިލާއި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ބައިނަލް އަގްވާމީ އެތްލެޓިކްސް ކޯޗިން ލެވެލް 1 ކޯސް ނިމިއްޖެއެވެ. ޖެނުއަރީ 20 އިން 31 ނިޔަލަށް ފުވައްމުލަކުގައި ކުރިއަށް ދިޔަ މިޯހުގައި 24 ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ.

އެތުލެޓިކްސްގެ ދާއިރާއިން ރާއްޖޭގައި ފަންނީ މީހުން ބިނާކުރުމަށް ކުރިއަށް ގެންދިޔަ މިކޯހުގެ އަމާޒަކީ ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ގޭމްސްއަށް ފުރިހަމަ އަށް ތައްޔާރުވެ ގިނަ މެޑެލް ތަކެއް ހޯދުމެވެ. މިކޯހުގެ ސަބަބުން އަންނަ ޖޫން މަހު ފުވައްމުލަކުގައި ބޭއްވުމަށްހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތަށް ކޯޗުންތަކެއް ތައްޔާރު ކުރެވޭނެއެވެ.

މި ކޯހުގައި ފުވައްމުލަކުގެ އިތުރުން މާލެ އަދި އައްޑޫ ސިޓީގެ ބައިވެރިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްތަކުން ބައިވެރިން އައިސްފައިވެއެވެ. ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މި ކޯސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ޚިޔާލު