29 މާރިޗު 2020 ( އާދީއްތަ )

banner

ޏ.އޭއީސީގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 4 ވަނަ މެޗު މުޡައްފަރު 3-1 އަމީން ހައުސް

ޏ.އޭއީސީ ފުޓްބޯޅަ މުބާރާތް: މުޡައްފަރު ހައުސް ކުރީގައި

މިހާރު ކުރިޔަށްދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ މިހާތަނަށް ކުޅުން މެޗުތަކުން މުޡައްފަރު ހައުސް ކުރިއެރުން ހޯދައިފިއެވެ. އެޓީމުން މުބާރާތުގައި ކުޅުނު 2 މެޗުން މޮޅުވެ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި މިހާތަނަށް 4 މެޗު ކުރޅެވިފައިވާއިރު ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް އެއްމެޗެވެ.

މުބާރާތުގެ 2 ވަނަ މެޗުގައި ޝަނިވިރާޒާ ހައުސްގެ މައްޗަށް މުޡައްފަރު ހައުސް އިން ކުރިހޯދީ 0-3 އިންނެވެ. އަދި މުބާރާތުގެ 4 ވަނަ މެޗުގައި މުޡައްފަރު(ރެޑް) ހައުސް އިން ވަނީ 3-1 ން އަމީނު (ބްލޫ) ހައުސް ބަލިކޮށްފައެވެ. މުބާރާތުގެ 3 ވަނަ މެޗްގައި ޝަނިވިރާޒާ (ޔެލޯ) ހައުސް އާއި އިމާދު (ގްރީން) ހައުސް ބައްދަލު ކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 3 ވަނަ މެޗު އިމާދު 1-1 ޝަނިވިރާޒާ ހައުސް

ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ސްޓޭޑިއަމް) ގައި ކުރިޔަށް ދާ މިމުބާރާތުގައި ޓީމުތަކަށް މިހާތަނަށް ޕއޮިންޓް ލިބިފައިވަނީ:

މުޡައްފަރު (ރެޑް) ހައުސް 6 ޕޮއިންޓް 5+ ގޯލު

އަމީން (ބްލޫ) ހައުސް 3 ޕޮއިންޓް 0 ގޯލު

ޝަނިވިރަޒާ (ޔެލޯ) ހައުސް 1 ޕޮއިންޓް 3- ގޯލު

އިމާދު (ގްރީން) ހައުސް  1 ޕޮއިންޓް 2- ގޯލު

މިމުބާރާތުގެއި ކުރިޔަށް އޮތް 2 މެޗުގައި ބައްދަލުކުރާނީ:

މުޡައްފަރު (ރެޑް) ހައުސް އާއި އިމާދު (ގްރީން) ހައުސް އަދި

އަމީން (ބްލޫ) ހައުސް ޝަނިވިރަޒާ (ޔެލޯ) ހައުސް

ޏ.އޭއީސީގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 2 ވަނަ މެޗު މުޡައްފަރު 3-0 ޝަނިވިރާޒާ ހައުސް

މިދެމެޗުން މޮޅުވާޓީމަކަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ޝަނިވިރާޒާ ހައުސްއަށް ފައިނަަލަށްދެވޭނީ އަމީން ހައުސް ބަލިވެއްޖެ ނަމައެކަންޏެވެ. އަމިން ހައުސް މޮޅުވެއްޖެނަމަ ފައިނަލުގައި ކުޅެނީ އަމީން ހައުސް އާއި މުޡައްފަރު ހައުސް އެވެ.ކިޔުންތެރިންގެ ޚިޔާލު