މާލޭގައި މިހާރު ކުރިއަށްދާ 14 ވަނަ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އަންހެން ކުދިންގެ 14 އަހަރުންދަށުގެ އުމުރުފުރައިގެ ފައިނަލް މެޗުގައި މަދަރުސަތުލް ޝައިޚް މުހައްމަދު ޖަމާލުއްދީން، (އެމްޖޭއެމް) ބަލިކޮށް ގޮއިދޫ ސްކޫލުން މިއުމުރުފުރައި ގެ ތަށި އުފުލާލައިފިއެވެ.
މި މުބާރާތުގެ ގްރޫޕް މެޗުތަކުގައި އެމްޖޭއެމް އާއި ބައްދަލުކޮށް 2-1 ސެޓް އިން ބަލިވެފައިވާ ގޮއިދޫ ސްކޫލުން ފައިނަލް މެޗް ގެންގޮސްފައިވަނީ ސީދާ 3-0 ސެޓް އިން ނެވެ. ފުރަތަމަ ސެޓުގައި އެމްޖޭއެމްގެ ޓީމު ބަލިވެފައި ވަނީ 25-13 އިންނެވެ. އަދި ދެވަަނަ ސެޓް 25-17 އިންނެވެ. ފަހު ސެޓް 25-25 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބ.ގޮއިދޫ ސްކޫލުގެ ޖާޒީ ނަމްބަރ 5 ޒަހާ ނިޔާޒެވެ.
+1
+1
ޚިޔާލުތައް