20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ޏ. އޭއީސީގެ އެތުލީޓުންތަކެއް

ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕަށް ޏ.އޭއީސީގެ ހަތަރު ދަރިވަރުން

ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕަށް ދާން ޝޯޓްލިސްޓް ކުރެވުނު 10 ފިރިހެން އެތްލީޓުނާއި 10 އަންހެން އެތުލީޓުންގެ ތެރޭގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ދަރިވަރަކު ހިމެނިއްޖެއެވެ.

މިމަހު ނިމުނު މައިލޯ 19 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ވެސް ރަގަޅު ނަތީޖާތަކެއް ނެރުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުގައި ހިމެނުނު މިތިން ދަރިވަރުންނަކީ، އިބްރާހިމް ޝަހީރު މޫސާ އާއި މުހައްމަދު ޝަޒީން ޖިހާދު އާއި މަރިޔަމް މުނާ އާއި ފާތުމަތު ސަދާ އަބްދުﷲ އެވެ.

މިދަރިވަރުންގެ ފައިނަލް ޓައިމް ޓްރެއަލް އަންނަ މަހު 6،7 އަދި 8 ވަނަ ދުވަހު އޮންނާނެ ކަމަށް އެތްލެޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު