4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ސްޓރޫޓް ސޮކަރ ކޮލިފައިން ފުވައްމުލައް ސިޓީގައި މާރިޗު 27 ގައި ބާއްވަނީ

އެކްސްއެލް ސްޓްރީޓް ސޮކާގެ ކޮލިފައިން ބުރު ފވމ ސިޓީގައި ބާއްވަނީ

އެކްސްއެލް ސްޓްރީޓް ސޮކާގެ ގެ ނަމުގައި ބާއްވާ 3 އޮން 3 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރު ފުވައްމުލައް ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. މުބާރާތް ރޭވިފައި ވަނީ ކޮންމެ ކޮލިފައިން ބުރަކުން ޗެމްޕިއަންކަން ހޯދާ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ގޮތަށެވެ.

މުޅި ރާއްޖޭގައި ކުރިޔަށްދާ މި މުބާރާތުގެ ފުވައްމުލައް ސިޓީގެ ބައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މާރިޗު މަހު 27 ން ފެށިގެންނެވެ. މި މުބާރާތް ނިމުނު ފެބްރުއަރީ މަހު ވަނީ ހދ. ކުޅުދުއްފުށީގައި ފަށާފައެވެ.

ޔުނިކްސް ސްޕޯރޓްސް އިން އިންތިޒާމު ކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ އިންމު ހުށަހަޅާފައި ވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޓީމަކުން ދައްކަން ޖެހެނީ 1000 ރުފިޔާގެ ފީއެކެވެ.

މި މުބާރާތުގައި ފުވައްމުލައް ސިޓީން ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ މި މާރިޗު މަހު 5 އަށް އިތުރު ކުރެވިފައެވެ. ޓީމެއްގައި ހިމެނީ 5 ކުޅުންތެރިންނާއި މެނޭޖަރެކެވެ.

ސްޓްރީޓް ސޮކާގައި ކުޅޭނީ ކުޑަ ދަނޑެއްގައި ކުޑަ ގޯލަކަށް ޓީމެއްގައި 3 ކުޅުންތެރިންނާއެކު އެވެ.

މީގެ ކުގައި ކުރިޔަށް ގެންދިޔަކަރިން ސްޓްރީޓް ސޮކާ މުބާރާތެއް ފުވައްމުލައް ސިޓީން އެނގޭކަށް ނެތެވެ.

ސްޓްރީޓް ސޮކަރ ކުޅެނީ ކުޑަ ގޯލަކަށް ކޮޅެއްގައި 3 ކުޅުންތެރިން



ކިޔުންތެރިންގެ ޚިޔާލު