A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ވޯލްޑްކަޕް 2016: ރަޝިއާ އާއި ޕެރަގުއޭ ކުއާޓަ ފައިނަލަށް

ޕެރަގުއޭގެ ސަލާސް (7) ކޮލަމްބިއާ ދެކުޅުންތެރިންގެ ކައިރިން ނައްޓާލައިފައި ކުރިއަށް ދިއުމަށް މަސައްކަތްކުރަނީ، ފޮޓޯ: ފީފާ ވެބްސައިޓް

ކޮލަމްބިއާގައި ކުރިއަށް ދާ ފީފާ ފުޓްސަލް ވޯލްޑްކަޕްގައި މިއަދު ފަތިހު ކުޅެވުނު ފުރަތަމަ މެޗުގައި ވިއެޓްނާމްގެ މައްޗަށް 7-0 ގެ ތަފާތަކުން ކުރި ހޯދައި ރަޝިއާ މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހެދުނު ކުޅެވުނު ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު (ކޮލަމްބިއާ)ގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެން ޕެރަގުއޭ ވަނީ ވެސް ވަނީ މިމުބާރާތުގެ ކުއާޓަ ފައިނަލަށް ދަތުރުކޮށްފައެވެ. 

ޕެރަގުއޭ އާއި ކޮލަމްބިއާ ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު (ސްޓޮޕް ވޮޗުގެ އުސޫލުން ކުޅުނު 20 މިނިޓްގެ ދެހާފް) ނިމުނީ އެއްވެސް ޓީމަކަށް ލަޑެއް ނުޖެހިއެވެ. ޗިލަވަޓް ގެ ކޯޗުކަމުގެ ދަށުން ނިކުތް ޕެރަގުއޭ އަށް ލަޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުން ވަނީ މިމެޗުގައި 13 ހަމަލާއެއް އަމާޒަށް ފޮނުވާލައިފައެވެ. ނަމަވެސް، ފޮނެގްރާގެ ކޯޗު ކަމުގެ ދަށުން ނިކުމެ އަމިއްލަ ގައުމުގައި ކޮލަމްބިއާ އަށް އަމާލަށް ފޮނުވާލެވުނި 6 ހަމަލާއެކެވެ. މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް ޕެރަގުއޭ އިންނެވެ.

ކުއާޓަ ފައިނަލުގައި ޕެރަގުއޭ ބައްދަލު ކުރާނީ މާދަމާ ފަތިހު އީނާރާއި ބުރެޒިލް ކުޅެ މޮޅުވާ ޓީމަކާއިއެވެ. ރަޝިއާ ބައްދަލު ކުރާނީ މާދަމާ ފަތިހު ކަޒަކިސްތާނާއި ސްޕެއިން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !