4 އޭޕްރީލް 2020 ( ހޮނިހިރު )

banner

އެކްސްއެލް ސްޓްރީޓް ސޮކަރ 2020 ބަިއވެރިވުމުގެ މުއްދަތު އިތުރުކުރެވިފައި 27 އަށް

އެކްސްއެލް ސްޓްރީޓް ސޮކާ ގައި ބައިވެރިވުމުގެ މުއްދަތު މާރިޗު 15 އަށް އިތުރުކޮށްފި

އެކްސްއެލް ސްޓްރީޓް ސޮކާގެ ގެ ނަމުގައި ބާއްވާ 3 އޮން 3 ފުޓްބޯޅަ މުބާރާތުގެ ފުވައްމުލައް ސިޓީން ބައިވެރިވުމުގެ މުއްދަތު މިމާރޗު މަހުގެ 10 އަށް އިތުރު ކުރެވިފައިވާ ކަމަށް މުބާރާތުގެ ކަންކަމުގައި ފުވައްމުލައް ސިޓީން ހަރަކާތްތެރިވާ މުހައްމުދު ފައިޝަމު މައުލޫމާތު ދެއެވެ.

މި މުބާރާތުގެ ފުވައްމުލައް ސިޓީގެ ބައި ކުޅުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މާރިޗު މަހު 27 ން ފެށިގެންނެވެ.

މިއީ މުޅިރާއްޖެގައި ވެސް ކުރިޔަށްގެންދާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގެ ހދ. ކުޅުދުއްފުށީގެ ބައިވަނީ  ނިމުނު ފެބްރުއަރީ މަހު ބާއްވާފައެވެ.

މުބާރާތުގެ ކުޅުން ރޭވިފައި ވަނީ ކޮންމެ ކޮލިފައިން ބުރަކުން ޗެމްޕިއަންކަން ހޯދާ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ގޮތަށެވެ.

ޔުނިކްސް ސްޕޯރޓްސް އިން އިންތިޒާމު ކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ އިނާމު ހުށަހަޅާފައި ވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޓީމަކުން ދައްކަން ޖެހެނީ 1000 ރުފިޔާގެ ފީއެކެވެ. ޓީމެއްގައި ހިމެނީ 5 ކުޅުންތެރިންނާއި މެނޭޖަރެކެވެ.

ސްޓްރީޓް ސޮކާގައި ކުޅޭނީ ކުޑަ ދަނޑެއްގައި ކުޑަ ގޯލަކަށް ޓީމެއްގައި 3 ކުޅުންތެރިންނާއެކު އެވެ.

މީގެކުރިން ފުވައްމުލައް ސިޓީަގައި ސްޓްރީޓް ސޮކާ މުބާރާތެއް ކުރިޔަށް ދެންދިޔަަކން އެނގޭކަށް ނެތެވެ. ނަމަވެސް ރެޑްބުލް ސްޓރީޓް ސޮކާގެ ނަމުގައި ފުޓުބޯޅައިގެ ހުނަރުތައް ދައްކާލުމުގެ އިވެންޓްތަކެއް ކުރިން ކުރިޔަށް ގެންގޮސްފައިވެއެވެ.ކިޔުންތެރިންގެ ޚިޔާލު