A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ވޯލްޑްކަޕް 2016: ވަރުގަދަ ބްރެޒިލް ކަޓުވާލުމަށްފަހު ކްއާޓާ އަށް އިރާން

ބްރެޒިލްގެ ޓީމު ބަލިކުރުމަށްފަހު އީރާނުން އުފާފާޅުކުރަނީ. ފޮޓޯ: ފީފާ ވެބްސައިޓް

ފުޓްބޯޅަ އެކޭ އެއްގޮތަށް ފުޓްސަލް ވޯލްޑްކަޕް ގައިވެސް އެންމެ ކާމިޔާބު ޓީމްކަމަށްވާ ބްރެޒިލް ޓީމް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ކްއާޓަ ފައިނަލުން އިރާނުގެ ފުޓްސަލް ޓީމް ޖާގަ ހޯދައިފިއެވެ. ފަތިހުގެ ވަގުތުގައި ކުޅެވުނު ދެވަނަ މެޗުގައި ސްޕެއިން ކަޒަކިސްތާނުގެ މައްޗަށް އުދަލުންކުރި ހޯދައި ކްއާޓާ ފައިނަލުން ހޯދިއެވެ. މިދެމެޗްގެ އިތުރުން މިއަދު ހެދުނު ޕޯޗްގަލް އާއި ކޯސްޓަރިކާ ބައްދަލުކުރި މެޗް ފަސޭހަ ކަމާއިއެކު ޕޯޗްގަލް އިން ކާމިޔާބުކޮށް ކްއާޓާ ފައިނަލަށް ދަތުރުކުރިއެވެ.

ގިނަ ބަޔަކު ހައިރާންކުރުވުމަށްފަހު އީރާނުގެ ޓީމް ފަސްފަހަރު ފުޓްސަލް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް ބަލިކުރީ ފުރިހަމަ ވަގުތުގައި 3-3 އިން އެއްވަރުވެ އިތުރުވަގުތުގެ ދެހާފް ގައި ދެޓީމުން ދެލަޑުޖަހައި 4-4 އިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެނެވެ. މެޗް ފެށިގެން 8 ވަނަ މިނިޓްގައި ދެފަހަރު ގޯލްޑެން ބޯލް ހޯދި ބްރެޒިލްގެ ފަލްކާއޯ ލީޑު ނަގައިދީ އަދި 12 ވަނަ މިނިޓްގައި ލީޑް 2-0 އަށް ފުޅާ ކޮށްލަދިނެވެ. ނަމަވެސް، ހިތްވަރު ގަދަކޮށް 13 ވަނަ މިނިޓްގައި އީރާނުގެ ތައެބީ ލަޑެއް ކާމިޔާބުކޮށް އީރާނުގެ ޓީމަށް ހިތްވަރު އާކޮށްލަދިނެވެ. މެޗްގެ 28 ވަނަ މިނިޓްގައި ބްރެޒިލް އިން އިތުރު ލަޑެއް ކާމިޔާކޮށް އަނެއްކާވެސް ލީޑް ފުޅާކުރިއެވެ. އީރާނުން ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރެވުނީ 30 ވަނަ މިނިޓާއި 36 ވަނަ މިނިޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިނަތީޖާ އާއިއެކު މެޗްގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ކުޅުން ފެށިގެން ފުރަތަމަވެސް ލީޑް ނެގީ ބްރެޒިލް އިންނެވެ. އެއީ މެޗްގެ 47 ވަނަ މިނިޓްގައެވެ. އޭގެ 20ވަރަކަށް ސިކުންތުގެ ތެރޭ އީރާނުން ނަތީޖާ ހަމަހަމަ ކުރިއެވެ. މިނަތީޖާ އާއިއެކު މެޗް ނިމުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ.

ދެވަނަ މެޗުގައި މެޗް ފެށިގެން 2 ވަނަ މިނިޓް ތެރޭ ސްޕެއިން އިން ގޯލެއް ކާމިޔާބުކޮށް ލީޑް ނެގިއެވެ. ނަމަވެސް، ކަޒަކިސްތާނުން 4 ވަނަ މިނިޓްގެ ތެރޭ ނަތީޖާ ހަމަހަމަ ކުރިއެވެ. ސްޕެއިން އިން ދެވަނަ ފަހަރަށް 22 ވަނަ މިނިޓް ތެރޭ ލީޑް ނެގިނަމަވެސް 30 ވަނަ މިނިޓްތެރޭ ކަޒަކިސްތާނުން ނަތީޖާ ހަމަކުރިއެވެ. ހިތްވަރާއެކު ހަމަލާ އުފައްދަމުން ދިޔަ ކަޒަކިސްތާނުން ކުޅުން ތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކާއިއެކު 31 ވަނަ މިނިޓްގައި ސްޕެއަށް ލީޑް ލިބުނެވެ. ސްޕެއިން އަށް ލީޑް ލިބުނު ނަމަވެސް ކަޒަކިސްތާނުން ދޫނުކޮށް ހަމަލާ އުފައްދަމުން ދިޔައީ ގޯލްކީޕަރުގެ އެހީތެރި ކަމާއިއެކު ގައެވެ. ގޯލްކީޕަރ ކުރިއަށް ނިކުތް ފުރުސަތުގެ ބޭނުން ހިފައި ސްޕެއިން އިން ލީޑް ފުޅާ ކުރިއެވެ. ކަޒަކިސްތާނުން ދޫނުކޮށް ހަމަލާ އުފައްދަމުން ދިއުމުގެ ނަތީޖާއަކަށްވީ ސްޕެއިން އަށް ޕްރެޝަރ ކުރިމަތިވެ އެޓީމުގެ ލޮޒާނޯ އަށް ދެވަނަ ރީދޫ ކާޑާއިއެކު ރަތްކާޑެއް ދެއްކުމެވެ. ނަމަވެސް، ވަރުގަދައަށް ޑިފެންސް ކުރަމުން ދިޔަ ސްޕެއިން އިން ކައުންޓަރ އެޓޭކަކަށް އަރާ އެޓީމުގެ 5 ވަނަ ގޯލް ކާމިޔާބުކުރީ މެޗް ނިމެން 30 ސިކުންތަށްވުރެވެސް މަދު ވަގުތުކޮޅެއް އޮތްވައެވެ.

މިއަދު ހެދުނުގެ، 3 ވަނަ މެޗްގައި މޮޅު ކުޅުމެއް ދައްކަމުންދާ ޕޯޗްގަލް އިން ކޮސްޓަރިކާގެ މައްޗަށް ކުރި ހޯދީ 4-0 އިން ނެވެ. މިމުބާރާތުގެ މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ ރިކާޑިނޯ ގޯލް ކާމިޔާބުކޮށް ރަންބޫޓާއި ގާތަށް ޖެހިލިއެވެ. މިނަތީޖާއާއިއެކު ރިކާޑިނޯ މިމުބާރާތުގައި ކާމިޔާބު ކުރި ލަޑުގެ އަދަދު 11 އަށް އަރައެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރަނީ 10 ލަޑު ކާމިޔާބު ކުރި މުބާރާތާއި އަލްވަދާއި ކިޔާފައިވާ ބްރެޒިލްގެ ފަލްކާއޯއެވެ. ތިންވަނާގައި ވަނީ 5 ލަޑު ކާމިޔާބުކުރި ބްރެޒިލްގެ ޑިއެގޫނޯ އެވެ. 

މިނަތީޖާ ތަކާއިއެކު ކްއާޓާ ފައިނަލް ގައި އީރާން ވާދަކުރާނީ ޕެރަގުއޭ އާއެވެ. އަދި ސްޕެއިން ވާދަކުރާނީ ރަޝިއާ އާއިއެވެ. މިމުބާރާތުގެ ތިން މެޗް މިރޭ ފަތިހާއި މާދަމާ ހެދުނު އާއިއެކު ކުޅެވޭނެއެވެ. މިރޭ ފަތިހު އާޖެންޓީނާ ޔުކްރެއިން އާއި ދެކޮޅަށް ނިކުންނައިރު ތައިލެންޑް ނިކުންނާނީ އާޒަރުބައިޖާނާއި ދެކޮޅަށެވެ. އަދި މާދަމާ ހެދުނު އިޓަލީ މިސްރާއި ދެކޮޅަށް ނިކުންނާނެއެވެ. މިމެޗްތައް ސޮނީ ސިކްސް ޗެނަލުން ވަގުތުން ދައްކައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !