A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ވޯލްޑްކަޕް 2016: އާޖެންޓީނާ އާއި ޕޯޗްގަލް ވެސް ސެމީފައިނަލަށް

ކޮލަމްބިއާގެ ކުރިއަށްދާ ފީފާ ފުޓްސަލް ވޯލްޑްކަޕް 2016 ގައި ރޭފަތިހު ކުޅެވުނު ދެމެޗުން އާޖެންޓީނާ އާއި ޕޯޗްގަލް މޮޅުވެ ސެމީ ފައިނަލް އަށް ދަތުރުކޮށްފިއެވެ. 

އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކުރީ މިއަދު ފަތިހު ކުޅެވުނު ފުރަތަމަ މެޗް ފަސޭހަކަމާއިއެކު މިސްރުގެ މައްޗަށް ކުރި ހޯދައިގެނެވެ. 5-0 ލަޑުން އާޖެންޓީނާ މޮޅުވި މިމެޗްގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އިން ދެގޯލް ކާމިޔާބު ކުރިއެވެ. އަދި ދެވަނަ ހާފްގައި އިތުރު 3 ގޯލް ކާމިޔާބުކޮށް ނަތީޖާ 5-0 އަށް ބަދަލު ކުރިއެވެ.

މިއަދު ފަތިހު ކުޅެވުނު ދެވަނަ މެޗްގައި ބައްދަލުކުރީ އާޒަރުބައިޖާނާއި ޕޯޗްގަލްއެވެ. މިމެޗް 3-2 ލަޑުން ކާމިޔާބު ކޮށް ޕޯޗްގަލް ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރިއެވެ. މިނަތީޖާ އާއިއެކު ސެމީ ފައިނަލް  ގެ ފަހު މެޗްގައި ގައި ޕޯޗްގަލް އާއި ވާދަކުރާނީ އާޖެންޓީނާ އެވެ. އެމެޗް ކުޅެނީ މިމަހު 29 ވަނަ ދުވަހު ފަތިހު މާލޭގަޑިން 5:00 ގައެވެ. 

ސެމީ ފައިނަލްގެ ފުރަތަމަ މެޗް އޮންނާނީ މިމަހު 28 ވަނަ ދުވަހު ފަތިހު 5:00 ގައެވެ. ބައްދަލުކުރާނީ ރަޝިއާ އާއި އިރާނެެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !