A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ވޯލްޑްކަޕް 2016: ހަނިގޮތަކަށް އިރާން ބަލިކޮށް ރަޝިއާ ފައިނަލަށް

ކޮލަމްބިއާގައި ކުރިއަށްދާ ފީފާ ފުޓްސަލް ވޯލްޑްކަޕްގެ ފައިނަލަށް ރަޝިއާ ދަތުރުކޮށްފިއެވެ. ރަޝިއާ ފައިނަލަށް ދަތުރުކުރީ މިއަދު ފަތިހު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އީރާނުގެ މައްޗަށް 3-4 އިން ކުރި ހޯދައިގެނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި ފުރަތަމަ ލީޑު ނެގީ މެޗްގެ 13 ވަނަ މިނިޓްގެތެރޭ ރަޝިއާއިންނެވެ. އޭގެ 3 މިނިޓް ފަހުން އީރާނުން މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިނަތީޖާ އާއިއެކު ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފް ފެށިގެން މެޗްގެ 22 ވަނަ މިނިޓްގައި ރަޝިއާއިން ދެވަނަ ފަހަރަށް ލީޑް ނެގިއެވެ.  

އެއާއިއެކު އީރާނުގެ ހަމަލާތައް ވަރުގަދަކޮށް މެޗްގެ 29 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް، މެޗް ކޮއްޓައިގެން މާގިނައިރެއްނުވެ ރަޝިއާ ތިންވަނަ ފަހަރަށް ލީޑު ނެގިއެވެ. މިއާއިއެކު އީރާނުން ހަމަލާތައް ވަރުގަދަކޮށް ހަމަލާތަކުގައި ގޯލްކީޕަރު ބައިވެރި ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ރަޝިއާއަށް ލިބުނު ހަނި ފުރުސަތުގައި ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވަގެން ނަތީޖާ 2-4 އަށް ބަދަލު ކުރިއެވެ. 

އީރާނުން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން މެޗް ނިމެން 10 ވަރަކަށް ސިކުންތައް ވެފައިވަނިކޮށް ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކުރިއެވެ. މިނަތީޖާ އެކު އީރާނު މިމުބާރާތުން އަލްވަދާއު ކިޔާފައިވާ އިރު ރަޝިއާ ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރިއެވެ. 

މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލް މާދަމާ ހެދުނު ފަތިހު 5:00 ގައި ކުޅެވޭނެއެވެ. ބައްދަލުކުރާނީ އާޖެންޓީނާ އާއި ޕޯޗްގަލް އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !