A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ވޯލްޑްކަޕް 2016: ފޯޗްގަލް ބަލިކޮށް އާޖެންޓީނާ ފައިނަލަށް

މިއަދު ހެދުނު 5:00 ގައި ފެށުނު ފީފާ ފުޓްސަލް ވޯލްޑްކަޕްގެ ދެވަނަ ސެމީ ފައިނަލް މެޗްގައި ޕޯޗްގަލް 5-2 އިން ބަލިކޮށް އާޖެންޓީނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. 

ކޮލަމްބިއާގައި ކުރިއަށްދާ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗްގަލްގެ ގޯލް ހުޅުވާލީ މެޗްގެ 4 ވަނަ މިނިޓްގައި އާޖެންޓީނާގެ ބުރޫޓޯއެވެ. ނަމަވެސް އޭގެ 4 މިނިޓް ފަހުން ގޯލެއް ޖަހާ ޕޯޗްގަލް އިން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް، ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާއިން އިތުރު 3 ގޯލް ޖަހާ މެޗްގެ ނަތީޖާ 4-1 އަށް ބަދަލުކުރިއެވެ. 

ފަހު ހާފް ފެށިގެން ޕޯޗްގަލްގެ ޓީމު ކުރިއަށް ޖެހިލި ނަމަވެސް ލަޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް އާޖެންޓީނާ އިން އަނެއްކާވެސް އިތުރު ގޯލެއް ޖަހާ މެޗްގެ ލީޑް ފުޅާ ކުރިއެވެ. ޕޯޗްގަލްގެ ޓީމުން ހިތްވަރު އެލުވާނުލާ ގޯލް ކީޕަރާއި އެކު މުޅި ޓީމު ކުރިއަށް ޖެހިލައި އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަމުން ގޮސް މެޗްގެ 36 ވަނަ މިނިޓްގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ 2-5 އަށް ބަދަލުކުރިއެވެ. 

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ރާއްޖޭގެ ގަޑިން އޮކްޓޫބަރ ދެވަނަ ދުވަހު މެންދަމު 0:30 ގައެވެ. ބައްދަލު ކުރާނީ އާޖެންޓީނާ އާއި ރަޝިއާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !