A wide advertisement which will be shown on all devices. (700 x 100)

ފީފާ ފުޓްސަލް ވޯލްޑްކަޕްގެ ތިންވަނަ އީރާނަށް

މިރޭ އީރާނާއި ޕޯޗުގަލް ކުޅުނު ފުޓްސަލް ވޯލްޑްކަޕްގެ 3 ވަނަ ހޮވާ މެޗުގެ ތެރެއިން.

މިރޭ ކުޅެވުނު ފީފާ ފުޓްސަލް ވޯލްޑްކަޕްގެ ތިންވަނަ ހޮވާ މެޗްގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވުމުން ފެނަލްޓީ ޖަހައިގެން 4-3 ން ޕޯޗްގަލް ބަލިކޮށް އީރާނުން މިމުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

ކޮލަމްބިއާގައި ކުރިއަށްދާ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޕޯޗްގަލްގެ ޓީމުން މެޗްގެ 20 ވަނަ މިނިޓުގަިއ ދެ ގޯލު ޖަހަިއ ކުރި ހޯދި ކަމުގައި ވިޔަސް  ދެވަނަ ހާފުގައި ކުޅެން ނިކުމެ  އީރާނުން ވަނީ 2 ގޯލް ޖަހާ މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކުރިއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އީރާނަށް ކުރި ހޯދުމަށް 3 ފަހަރު ފުރުސަތު ލިބުނެވެ. އެއީ އީރާނުގެ ކީޕަރު ދިފާޢުކުރި 2 ޕެނަލޓީއާއި ޕޯޗްގަލް އިން ބޭރަށް ޖެހި ޕެނަލްޓީ އިންނެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިރޭ ރާއްޖޭގެ ގަޑިން މެންދަމު 0:30 ގައެވެ. ބައްދަލު ކުރާނީ އާޖެންޓީނާ އާއި ރަޝިއާއެވެ.

މިމުބާރާތުގައި 24 ޓީމު ވާދަކުރިއެވެ. އެއީ އޭޝިއާގެ 5 ޓީމާއި، ޔޫރަޕުގެ 7 ޓީމާއި ދެކުނު އެމެރިކާގެ 5 ޓީމާއި، މެދު އަދި އުތުރު އެމެރިކާގެ 4 ޓީމާއި އެްރިކާގެ 3 ޓީމުގެ އިތުރުން އޯޝެނިއާގެ 1 ޓީމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !