އަންނަން އަހަރު ގައުމީ އަންހެން ވޮލީ މުބާރާތް އޮންނާނީ ފުވައްމުލަކުގައި ކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އިއްޔެ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުޅިވަރު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ވޮލީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކައިގައި ލަތީފް ވިދާޅުވީ ދިވެހި ރާއްޖޭގެ ވޮލީ ފުވައްމުލަކުން އެހެން ހަރުފަތަކަށް ގެންގޮސްފި ކަމަށާއި އެހެން ކަމުން އަންނަ އަހަރު ކުޅިވަރު ކަލަންޑަރުގައި ފުވައްމުލަކުގެ ނަން އޮންނާނެކަމަށެވެ.
“އަންނަ އަހަރު 2017 ގެ އަންހެން ޑިވިޒަންގެ މުބާރާތް އޮންނާނީ މިރަށުގެ މިކޯޓްގައި، އަދި މިވޮލީ ކޯޓް އިތުރަށް ތަރައްގީ ކުރުމުގައި ވޮލީ ބޯޅަ އެސޯސިއޭޝަނުން އެހީތެރިވެދޭނަން” ލަތީފް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ސްޕޯޓްސް ކައުންސިލްގެ ރައީސް ހުސައިން ޝާފީ އިބްރާހިމް ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި ގުޅިގެން ވޮލީ ކޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ޔޫތު މިނިސްޓަރގެ ފަރާތުން އެކަމުގެ ފެހި ސިގުނަލް ލިބިފައިވާކަމަށެވެ. އަދި އަންނަ އަހަރު މިމުބާރާތް މިއަށްވުރެ ފުޅާކޮށް ބޭއްވޭނެ ކަމަށެވެ.
ވޮލީ މުބާރާތުގެ ފުރަތަމަ މެޗްގައި މޮޅު ކުޅުންތެރިންނަށް އެމީހުންގެ އަސްލު ފެންވަރު ދައްކާ ނުލެވެނީ ވޮލީ ކޯޓްގައި މައްސަލަތަކެއް ހުރުމުން ކަމަށް އިއްޔެގެ މެޗްގެ ޔޭސް ޓީވީގެ އެނަލިސްޓް ވެސް ފާހަނގަކޮށްފައިވެއެވެ.
ޚިޔާލުތައް