A wide advertisement which will be shown on all devices. (700 x 100)

އަފުން ޓީމް ސެމީއަށް، މިސްކިތްމަގު ހަނިގޮތަކަށް މޮޅުވެއްޖެ

ރޭގެ މެޗް ކާމިޔާބުކުރި މިސްކިތްމަގު އެންމެންގެ ގުޅުން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ އިއްޔެ ހަވީރު ކުޅުނު މެޗްގައި ފަސޭހަ ކަމާއި އެކު ހޯދަޑު އެކުވެރިންގެ މައްޗަށް ކުރިހޯދާ ދިގުވާނޑު އަފުން ޓީމް ސެމީއަށް ހޮވިއްޖެއެވެ. އަދި އަންހެން ޑިވިޝަންގެ ދަޑިމަގު ރަނިންގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުން ކުރި ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ އަފުން ޓީމް މެޗްކާމިޔާބުކުރީ ސީދާ ތިން ސެޓުން ހޯދަޑު އެކުވެރިން ފަސޭހަ ކަމާއި އެކު ބަލިކޮށްގެންނެވެ. ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓާއި ތިންވަނަ އަދި ފަސްވަނަ ސެޓް ގެންދިޔައީ މިސްކިތްމަގު އެންމެންގެގުޅުމެވެ. މެޗްގެ ދެވަނަ އަދި ހަތަރު ވަނަ ސެޓް ދަޑިމަގު ރަނިން ގެންގޮސްފައިވެއެވެ. މިމެޗްގައި ފެނިގެންގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި ދެ ޓީމްގައި ހިމެނޭ ބިދޭސީ އަދި ގައުމީ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސް ފައިވެއެވެ. ރޭގެ މެޗުން ދަޑިމަގު ރަނިން ޓީމް ބަލިވުމާއި އެކު ފައިނަލަށް ދިޔުމުގެ އުންމީދު ވަރަށް ކުޑައެވެ. އެޓީމް ކުޅުނު ދެމެޗް އިންވެސްވަނީ ބަލިވެފައެވެ.

މިއަދު ހަވީރު 16:00 ގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރާނީ ގުރޫޕް 2 ގެ ފިސްޑާ އާއި ނެރަގަނޑު އެވެ. މިއީ ނެރަގަނޑު ޓީމްގެ ފުރަތަމަ މެޗެވެ. އަދި ފިސްޑާގެ ދެވަނަ މެޗެވެ. ފިސްޑާ މިމެޗުން ބަލިވެއްޖެނަމަ ސެމީއަށް ދިޔުމުގެ ފުރުސަތު ގެއްލޭނެއެވެ. އަންހެން ޑިވިޝަންގައި ބައްދަލުކުރާނީ ހޯދަޑު ސްޕައިކަރސް އާއި ފިސްޑާ މިމެޗް ފެށޭނީ ރޭގަނޑު 8:30 ގައެވެ. މި ދެ ޓީމްވެސް ކުޅުނު ދެމެޗް ކާމިޔާބުކޮށްފައިވެއެވެ. މިހެން ކަމުން މި ދެޓީމަށްވެސް މިމެޗަކީ ގުރޫޕްގެ 1 ވަނަ އަށް އެރުމަށް މުހިންމު މެޗެކެވެ.

މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !