A wide advertisement which will be shown on all devices. (700 x 100)

ފިސްޑާގެ ދެވަނަ މެޗް ކާމިޔާބުކޮށްފި، ހޯދަޑު ސްޕައިކަރސް ފައިނަލަށް

ފިސްޑާ ޓީމް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ އިއްޔެ ހަވީރު ކުޅުނު ފިސްޑާ އާއި ދަޑިމަގު ނެރަގަނޑު ބައްދަލުކުރި މެޗުން ފިސްޑާ މޮޅުވެއްޖެއެވެ. އަދި އަންހެން ޑިވިޝަންގެ ހޯދަޑު ސްޕައިކަރސް ފިސްޑާ ބަލިކޮށް ފައިނަލް ކަޝަވަރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގައި ކުޅުނު މެޗް ފިސްޑާ ކާމިޔާބުކުރީ ދަޑިމަގު ނެރަގަނޑު ޓީމާއި ބައްދަލުކޮށް 3-1 އިންނެވެ. މެޗްގެ ފުރަތަމަ ސެޓް ފިސްޑާ ގެންދިޔައީ 25-23 އިންނެވެ. ނަމަވެސް ދެވަނަ ސެޓް ނެރަގަނޑު ކާމިޔާބުކުރީ 25-18 އިންނެވެ. ތިންވަނަ އަދި ހަތަރުވަނަ ސެޓް ފިސްޑާ ގެންދިޔައީ 25-20 އަދި 25-13 އިންނެވެ.

ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހުން ނެރެގަނޑު ޓީމުން ފާޅުކުރި މިމެޗްގައި ރެފްރީގެ ބައެއް ނިންމުންތައް ގޯސްކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެގޮތުން ތިންވަނަ ސެޓް ފިސްޑާ 25 ޕޮއިންޓް ހޯދި ނަމަވެސް ބަދަލު ރެފްރީ ނިންމާފައިވަނީ ފިސްޑާ އަށް ލިބިފައިވަނީ 24 ޕޮއިންޓް ކަމަށެވެ. އެހެން ކަމުން ކުޅުން ކުރިއަށްގެންގޮސްފައި ވެއެވެ. އަދި ފަހު ސެޓްގައި ނެރަގަނޑުގެ ބާރު ހަމަލައެއް ފިސްޑާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިފައި ދިޔުމުން ރެފްރީ ނިންމާފައިވަނީ ފިސްޑާގެ ކުޅުންތެރިޔާގެ އަތުގައި ނުޖެހޭ ކަމަށެވެ. މިމައްސަލަ ހޫނުވެ، ނެރެގަނޑުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އަދި ނެރަގަނޑު ޓީމްގެ ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދަށް ރަތް ކާޑު ދައްކައި ކޯޓުން ފޮނުވާލާފައިވެއެވެ.

އަންހެން ޑިވިޝަންގައި ރޭ ކުޅުނީ ފިސްޑާ އާއި ހޯދަޑު ސްޕައިކަރސް އެވެ. މިމެޗް ހޯދަޑު ސްޕައިކަރސް ގެންދިޔައީ 3-1 އިންނެވެ. މެޗްގެ ފުރަތަމަ ސެޓާއި ތިންވަނަ އަދި ހަތަރުވަނަ ސެޓް ގެންދިޔައި ހޯދަޑު ސްޕައިކަރސް އެވެ. ނަމަވެސް ދެވަނަ ސެޓް ގެންގޮސްފައިވަނީ ފިސްޑާ އިންނެވެ. މިމޮޅާއި އެކު ހޯދަޑު ސްޕައިކަރސް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލްގައި އެއްކޮޅުން ކުޅުމުގެ ޔަގީންކަން ހޯދާފައެވެ. އަންހެން ޑިވިޝަންގެ ހޯދަޑު ސްޕައިކަރސް ފިޔަވައި އެއްވެސް ޓީމަކަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުނުކުރެވެއެވެ.

މިއަދު ހަވީރު 16:00 ގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ ދަޑިމަގު ނަގަނަމަގު އާއި ހޯދަޑު ހިއްވަރު އެވެ. އަންހެން ޑިވިޝަންގައި ބައްދަލުކުރާނީ ހޯދަޑު ސްޕައިކަރސް އާއި ދަޑިމަގު ރަނިން އެވެ. މިމެޗް ފެށޭނީ ރޭގަނޑު 8:30 ގައެވެ.

މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !