A wide advertisement which will be shown on all devices. (700 x 100)

ފިރިހެން ޑިވިޝަންގެ ފައިނަލަށް އަފުން ޓީމު, ތިންވަނަ ސެމީގައި ފިސްޑާ އަދި މީދޫ ވޮލީ ޓީމް

ފިރިހެނުންގެ ޑިވިޝަނުގެ ފައިނަލަށް ދިޔަ އަފުން ޓީމް އަދި ރޭގެ މެޗުން މޮޅުވެ ތިންވަނަ ސެމީއަށްދިޔަ ފިސްޑާ ޓީމް.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަނުގެ ފައިނަލަށް އަފުން ޓީމް ދަތުރުކޮށްފިއެވެ.

މިއަދު ކުޅުނު ސެމީ ފައިނަލް ގެ ފުރަތަމަ މެޗްގައި މީދޫ ވޮލީ ޓީމް އާއި އަފުން ޓީމް ވާދަކުރި މެޗް ސީދާ 3-1 ސެޓުން އަފުން ޓީމް ވަނީ ކާމިޔާބުކޮށް، ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

ސެމީ ފައިނަލްގެ 2 ވަނަ ޖާގަ ކަށަވަރު ކުރުމަށްޓަކައި މިިރޭ ކުޅުނު ސެމީ ފައިނަލްގެ 2 ވަނަ މެޗްގައި، ނަގަނަމަގު ޓީމާއި ފިސްޑާ ބައްދަލުކުރި މެޗް 3-1 ސެޓުން  ފިސްޑާ ވަނީ މި މެޗް ކަމިޔާބުކޮށް ފައިނަލާ ގާތަށް ޖެހިލާފައެވެ.

މި ނަތީޖާއާއި އެކު ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަ ކުރާނީ މިދިޔަ އަހަރުގެވެސް މިމުބާރާތުގެ ފައިނަލްގައި ކުޅުނު އަފުންޓީމާއި މިއަދު ފިސްޑާ އަދި މީދޫ ވޮލީ ޓީމްގެ މެޗް ކާމިޔާބުކުރާ ޓީމެކެވެ. ގުރޫޕް ސްޓޭޖްގައި މިދެޓީމް ވާދަކޮށް ކުރިހޯދާފައިވަނީ މީދޫ ވޮލީ ޓީމެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަން ގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ  މި އަންނަ ހުކުރު ދުވަހުގެރޭ އެވެ.

މާދަމާ ހަވީރު މިމުބާރަތުގެ އަންހެން ޑިވިޝަންގެ ސެމީފައިނަލް މެޗެއް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ފިސްޑާ އެވެ. މި މެޗް ކާމިޔާބުކޮށް ފައިނަލަށް ދާޓީމެއް، މިއަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭ ފައިނަލް މެޗްގައި ވާދަކުރާނީ ހޯދަޑު ސްޕައިކާރސް އާއި އެވެ.

މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު ވޮލީ މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކަމުން ދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !