ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުން ބަލިކޮށް ފިސްޑާ ހޮވިއްޖެއެވެ.
އަންހެން ޑިވިޝަންގެ ސެމީފައިނަލްމެޗްގައި ކުޅުނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި މާދަޑު ފިސްޑާއެވެ. މިމެޗް ފިސްޑާ ކާމިޔާބުކުރީ 1-3 އިންނެވެ. މިމޮޅާއި އެކު އަންހެން ޑިވިޝަންގެ ފައިނަލަށް ފިސްޑާވަނީ ހޮވިފައެވެ. މިމެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ނަމަވެސް ފަހު ތިން ސެޓް ކާމިޔާބުކުރީ ފިސްޑާއެވެ. ފައިނަލްގައި އަނެއްކޮޅުން ވާދަ ކުރާނީ ހޯދަޑު ސްޕައިކަރސް އެވެ. މިޓީމްވެސް ވަނީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށްފައެވެ.
މިއަދު ހަވީރު 16:00 ގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރާނީ މީދު ވޮލީ ޓީމާއި ފިސްޑާ އެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭނެއެވެ. ފައިނަލަށް މިހާރު ހޮވިފައިވަނީ އަފުން ޓީމެވެ.
އަތޮޅު ކައުންސިލުން މިމުބާރާތްތަށް ހުށަހަޅާފައިވާ ފައިސާގެ އިނާމްވެސް މިހާރުވަނީ ބޮޑުކޮށްފައެވެ. މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.
1/pG<;tȩ
ޚިޔާލުތައް