A wide advertisement which will be shown on all devices. (700 x 100)

ޒަޔަނިސްޓް ޔަހޫދީންގެ ކާބަފައިންގެ ވަޒަނަކީ ޚަޒަރު

ޚަޒަރު ވެރިކަން ރޫޅި ޔަހޫދީން ވިއްސިވިހާލިވެގެން ދިޔަގޮތް

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިފައިވާ ޒަޔަނިސްޓް ޔަހޫދީންގެ ކާބަފައިންގެ ވަޒަނަކީ ފަލަސްތީނުކަމަށް ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ތާޜީޚީ ހެއްކެއް ފެންނާކަށްނެތެވެ. އަދި ކިއެއްތޯއެވެ. ފަލަސްތީނު ބިމަށް ގަދަކަމުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީންނަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންނެއްވެސް ނޫނެވެ. އެބައި މީހުންގެ ކާބަފައިންގެ ވަޒަނަކީ ޚަޒަރު ކަމާއި، އެބައިމީހުންނަކީ ތުރުކީގެ ތަތާރު ދަރިކޮޅަށް ނިސްބަތްވާ ބައެއްކަމަށް ބެލެވެއެވެ.

ނަވާރަވަނަ ގަރުނު ފެށުނުއިރު ފަލަސްތީނުގެ ބިމުގައި ތިބި ޔަހޫދީންގެ އަދަދު 5000 އަށްވުރެ މަދު ކަމަށް ޑރ.ސާލިހް، ފަލަސްތީނު ފަލަސްތާރީޚާއި ބެހޭ “ހިސްޓްރީ އޮފް ޕެލަސްޓައިން” ގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރެއިންވެސް ގިނަ ޔަހޫދީންނަކީ ފަލަސްތީނުގެ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ފަންނީ މީހުން ވިޔަފާރިވެރިން ކަމުންނާއި، އޭރުގެ ފަލަސްތީނުގެ ގަވާއިދު ތައް އޮތްގޮތުން މިމީހުންގެ ތެރެއިން ގިނަ މީހުންގެ އަމިއްލަ ގެ ދޮރު ފަލަސްތީނުގައެއް ނުހުރެއެވެ. ނަމަވެސް، އިގިރޭސިން ފަލަސްތީނުގެ ބިމުން ފައިބަމުން 1948 ގައި އެކުލަވާލި ބައިކުރުމުގެ އެއްބަސްވުމުގައި ވާގޮތުން ފަލަސްތީނު ބިމުގެ ޔަހޫދީންނަށް 54އިން ސައްތަ ޔަހޫދީންނަށް ލިބޭއިރު ޔަހޫދީ އާބާދީކަމަށް ހުށަހަޅާފައި އޮތީ 498،000 މީހުންނެވެ. ކުއްލިއަކަށް ޔަހޫދީ އާބާދީ ބޮޑުވުމުގެ ސިއްރަކީ ޔޫރަޕާއި އަދި އެހެނިހެން ކަންކޮޅުތަކުގައި ތިބި ޔަހޫދީން ތެރެއިން ގިނަ ބަޔަކު ފަލަސްތީނު ބިމަށް ހިޖުރަ ކުރުމެވެ. ހިޖުރަ ކުރި ގިނަ ޔަހޫދީންނަކީ ޔޫރަޕުން ހިޖުރަ ކުރި ޔަހޫދީންނެވެ. އެހެންކަމުން، އެއީ އިސްރާއީލް ދަރިކޮޅު ބައެއްތޯ ސުވާލު އުފެދެއެވެ. ސާފުކުރަންވެސް ޖެހޭކަމެކެވެ.

ޔަހޫދީ މިބަސް ރައްދުވަނީ ހަމައެކަނި ދީނަކަށް ނޫނެވެ. އާދެ! އެއީ ދަރިފަސްކޮޅެއްވެސް މެއެވެ. އެގިވަޑައިގަންނަވާނޭފަ ދައިން އެދަރިފަސްކޮޅު ނިސްބަތްވަނީ، އިބްރާހީމްގެ ފާނުގެ ކާފަ ދަރިކަލުން ޔައުގޫބުގެފާނަށެވެ. ނަމަވެސް، މިއަދުގެ ޔަހޫދީންގެ ގިނަ ބަޔަކީ އެ ދަރިފަސްކޮޅަށް ނިސްބަތްވާ ބައެއް ނޫނެއެވެ. އިރުމަތީ ޔޫރަޕުގެ ޚަޒަރު ނުވަތަ “ޚުޒަރިމް” އަށް ނިސްބަތްވާ ބައެކެވެ. މީލާދީ ސަނަތުން 720 ގައި ޚަޒަރުގެ ރަސްގެފާނު ކޮންމެވެސް ސަބަބަކީ ހުރެ ޔަހޫދީ ދީން އިޚްތިޔާރުކުރުމުން އެދަރިކޮޅު އެއްކޮށް ކަހަލަ ގޮތަކަށް ޔަހޫދީ ދީން އެބުރުނެވެ. ޚަޒަރު އޮންނަނީ ކެސްޕިއަން ކަނޑުގެ ހުޅަނގު ބިތުގައި މިހާރުގެ ރަޝިއާ، ޖޯޖިއާ، އާޒަރުބައިޖާން، ތުރުކީ އަދި ޔުކްރެއިން ގުޅޭ ހިސާބުގައެވެ. ޚަޒަރުގައި އޮތް ޔަހޫދީ ވެރިކަން ވައްޓާލީ ރުސީންނާއި ރޫމީން ގުޅިގެން ދިން ހަމަލާތަކުންނެވެ. ޔޫރަޕްގެ ޔަހޫދީންގެ 90 އިންސައްތަ ޔަހޫދީންކަމަށްވާ “އަޝްކެނާޒިމް” ޔަހޫދީންނަކީ މިދެންނެވި ޚަރަޒަށް ނިސްބަތްވާ ޔަހޫދީންނެވެ. އަދި އިޒްރޭލް އުފެދުމަށްފަހު އިޒްރޭލަށް ހިޖުރަކުރި ގިނަ މީހުންނަކީ މިދެންނެވި އަޝްކަނާޒިނީންނެވެ. އެހެންކަމުން، ހުޅަނގުގައި ތިބި ޔަހޫދީން އެބައިމީހުންގެ ކާބަފައިންގެ ވަޒަނަށް އެބުރި ދާން ބޭނުންނަމަ ހިޖްރަކުރަންވީ ފަލަސްތީނަކަށް ނޫނެވެ. ރަޝިއާއަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !