A wide advertisement which will be shown on all devices. (700 x 100)

އަތޮޅު މުބާރާތުގައި ފުވައްމުލަކުން ހަތް ޓީމް ވާދަކުރަނީ

އަތޮޅު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމް ޕްރެކްޓިސް މެޗެއް ކުޅެނީ

އޮކްޓޯބަރ މަހުގެ ފަސް ވަނަ ދުވަހު ފެއްޓުމަށް ހަމެޖެހިފައިވާ އަތޮޅު މުބާރާތުގައި ފުވައްމުލަކުން ހަތް ޓީމް ބައިވެރިވެއްޖެއެވެ.
ގިނަ އަހަރުތަކެއްގެ މެދު ކެޑުމަށްފަހު ފުރަތަމަ ފަހަރަށް ބާއްވާ އަތޮޅު މުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައިވަނީ ދަނޑިމަގު އަވަށަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ތޫނޑު ޖަމްމިއްޔާގެ އިތުރުން ދިގުވާނޑު އަވަށު އައިލެންޑް ޖޫނިއާސް އާއި ހޯދަޑު ފުވައްމުލަކު ޔޫތު ރިލޭޝަންގެ އިތުރުން މާލެގަން ޔޫތު ފައުންޑޭޝަން އާއި ފުނާޑު ޔޫތު އެސޯސިއޭޝަންގެ އިތުރުން ދޫނޑިގަމް ފުވައްމުލަކު ސްޕޯޓްސް ކުލަބް އެވެ.
އަތޮޅު މުބާރާތުގައި ވާދަކުރާ ހަތް ޓީމްގެ މެދުގައި އިއްޔެވަނީ ގުރުނެގުން ބާއްވާފައެވެ. ދެ ގުރޫޕްޕަކަށް ބަހާލައިގެން ބާއްވާ މިމުބާރާތުގައި ގުރޫޕް އޭ ގައި ހިމެނޭ ހަތަރު ޓީމަކީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ، ތޫނޑު ޖަމްމިއްޔާ، ޔޫތު ފައުންޑޭޝަންގެ އިތުރުން ފުވައްމުލަކު ސްޕޯޓްސް ކުލަބްއެވެ. ގުރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ. އެއީ ފުވައްމުލަކު ޔޫތު ރިލޭޝަން އާއި ފުނާޑު ޔޫތު އެސޯސިއޭޝަންގެ އިތުރުން އައިލެންޑް ޖޫނިއާސް އެވެ.
ދެ ގުރޫޕްގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓްލިބޭ ދެ ޓީމެއް ސެމީއަށްދާ ގޮތަށް ކުޅޭ މުބާރާތުގެ މެޗްތައް ފެއްޓުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރ 2014 ގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !