A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ރިންގުރޯޑްގެ މަސައްކަތްކޮށްފައިވަނީ އީއައިއޭ އާ ޚިލާފަށް

އެރ

ފުވައްމުލަކުގެ ރިންގުރޯޑްގެ މަސައްކަތްކޮށްފައިވަނީ ތިމާވެށީގެ ގޮތުން ނިންމި ގޮތާއި ޚިލާފަށް ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ. އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީ 60 ހާސް ރުފިޔާއިން ޖޫރިމަނާ ކުރިކަމަށްވެސް އެއޭޖެންސީއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވެއެވެ. އަދި މިފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހައުސިން މިނިސްޓްރީ އަށް އަންގާފައެވެ.

“ފުވައްމުލަކު ރިންގު ރޯޑް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 26 އެޕްރީލް 2017 ގައި ދޫކޮށްފައި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިއުމާއި ޚިލާފަށް އެމިނިސްޓްރީގެ (ހައުސިން މިނިސްޓްރީ) ފަރާތުން އެ މަސައްކަތްކޮށްފައިވާކަން މި އޭޖެންސީ (އީޕީއޭ) ފާހަގަކުރެވިފައިވާތީވެ، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމުގެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ ދަށުން ބަޔާންކޮށްފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާ އުސޫލަށް ރިއާޔަތްކޮށް ކުރިކުށް ދެވަނަ ފަހަރަށް ބަލައި 60 ހާސް ރުފިޔާއިން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާރ 9 އޮކްޓޫބަރ 2018 ” ގައި ޖޫރިމަނާ ކުރިކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުވައްމުލަކު ރިންގުރޯޑްގެ މަސައްކަތް ރިއާސީ އިންތިޚާބާއި ދިމާކޮށް އިންތިޚަބުގެ ކުރިން ނިންމާނެ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނި ނަމަވެސް އެމަސައްކަތް ވަނީ އަދިވެސް ނުނިފައެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !