A wide advertisement which will be shown on all devices. (700 x 100)

އުންމީދު ގިނާހޮދިން ވާހަކަތެކެއް.

އެ ވާހަކާއު އަޑޮ އިވުނާ ހަގީގަތިއަސް ފުންކޮހޮ ވިސްނާލަންނަ މަޖުބޫރުވީ ވާހަކައެއް. ވަރަހަ އާދައިގެ ގޮތެކި އިވުން އެހެންފަހެނާސް އަސަރޮ ހީށި، ފުން ވާހަކައެއް. ހަގީގީ މަންޒަރޮއާ ގުޅުން ހީށި، ހުށިހައި ފަންތިއައްކާ ގިންތިއަކަސް މުހިންމު ފެލާވަޅައް ދިން ވާހަކައެއް.

ދައްކަންނަ މި ހިނގާ ވާހަކާކީ މިދާއްރެއި ހޯދަޑި ބޭވީ ކަންމައްތެ ބައްދަލްވުމެކި އުތުރު ދާއިރައި ކެންޑިޑޭޓު ދޮންބެއަ ފާފުކަ ކެޅަ ޚާއްސަ ނުކުތައެކި ވާހަކަ.

ތެދެއް، ސަގާފީ ގޮތެން ގަބޫލްވެފޭ އޮންނައީ ވަކި ކަހަލަ މަގާމުތެކަހަ ގިއެންނޭ ވަކި ފެންވަރެކި ވަކި އާއިލާތެކެކި ބައެކެންނަ ކަމަހަ. ވަކި ގޭނޑިތެކަކީ ފެށުނީއްސުރެން ވަކި ބައެކެންނަ ނުންވީ ނީރީނދެވެންނެން ލިކަހަ ސިލްޖަހާފޭ ތިއޭނ ގޭނޑިތެކައް ކަމަހަ.

ދޮންބެއަ އެ ރެއި ދެއްކީ ވާހަކައި ފާފުކަކެޅަހެން އަދޮ މިވެނީ އެ މަންޒަރޮ ބަދަލްވެފޭ. ދޮންބެއަ ކަހަލަ މީހަކު އަފުން އެންމެން ބަލާގެން އަފުންގެ ފަރާތެން ވަކާލާތުކޯ ބަހަ އިއްވަންނެން މީހަކު ކަމުގައި ހަދަންނަ މަސައްކައު އަދޮ އަފުން މި ކެރާނ ކެރުމަކީ އެންމެ ދެރަ މީހާށާސް އުންމީދު ލިބުން ކަމެއް. ކޮއި މީހަކުށާސް އެމީހާގެ އަޚްލާޤީ މިންގަނޑޮ ރިވެތި ހަމަތެކެއި މައްތެން ބައްޓަން ކޯލެވީގޭފަހެނާ މީހުންގެ މެދެއި މަގުބޫލް މީހަކުށަ، މީހުން ބަލާގަންނާހިން ކަހަލަ މީހަކުށަ، މީހުން ހެއު އެދޭ ކަހަލަ މީހަކުށަ މީހުން ރުހޭ ކަހަލަ މީހަކުށަ ވެވީއެންނެން.

ދޮންބެއާކީ މާ މައްތެ އާއިލާކުން އާ ވާރިސެއް ނުން. ދައޮލަތި މައްތެ މަގާމުތެއް ފުރަމުން އާ އަމާކު ނުވަތަ ބަފާކުގެ ދާރެއް ނުން. އަޑޮ ގަދަ މީހުން ރުއް ގިނަ ކެރާނ އުސޫލެން ބޮނޑޮ ބަހަ އުކަމުން ރައްޔަތުންގެ އެތެރެ އަޑޮ ހަރޮ ކެރަމުން ވޭނޑުން އާއިލައެކި މީހެކިސް ނުން. އަފުން ގިނަ މީހުން ކަހަލަ ދެރަ ނިކަމެތި އާއިލައެކި ދެރަ ކަލޯއެއް. އާދައިގެ ދިރީވޭނޑުމެކި ވޭނޑިމުން އޭނ މީހެއް.

އެހެން ފަހެނާސް، އަދޮ ދޮންބެއަ ވެނީ އެތެއް ބައެކެންގެ ހިއް ފަތަހަ ކޯފޭ. އެތެއް ބައެކެންގެ ލޯބި ހުއާ ތާއީދު ހުއާފޭ.  ރުހުން ހުއާފޭ. ސިޔާސީ މައިދާނީ ދޮންބއަގެ ފާ ހަރޮކޯ، ބަހަ ވިކޭނ މީހަކުގެ ދަރަޖަ ހުއާފޭ. ކަން މިހެން ދިމާވެންނަ ވީ ސަބަބޮތެއް ބައިވަ​ރޮ. ދޮންބެއާކީ އެއް ދުވަހެކިއަސް ކުލާކަހަ ދަރަޖާކަހަ ތަފާތު ކެރާނ މީހެއް ނުން. ވަކި އަވަށަކަހަ ނިބަލާ ވަކި އާއިލާކަހަ ނިބަލާ އިކި ފަންތިއެ އިކި ފެންވަރި މީހުންނާ ގުޅުން ބާނ މީހެއް. އެހީ އެކަހަ ނުންވީ ކަމަކަހަ އެދީގެން އޭނ ކޮއި މީހަކުށާސް ލިބޭނ މިންވަރެން ދިނުން އެއްތައް ދެމުން އޭނ މީހެއް.

ދޮންބެއަގެ ތަފާތު ނިކެރުންމާ އެކުވެރި ގޮއްގަނޑޮއާ ކަންކަމި ބައިވުންމާ ގުޅުން ބޭވުމުގެ ނަތީޖާއެއްގެ ގޮތެން އަދޮ މިޅި ރަށަސް ދޮންބެއާއްޓަކައި ފަޚުރުވެރިވޭ. ދޮންބެއަގެ އާއިލީ ފެންވަރަކަހަ ގައިކުލާކަހަ ގަބޫލް ކެރާނ ފިކުރަކަހަ މީހޫ ނިބަލައްތަ.

ދޮންބެއާކީ ކޮންމި ފަދަ އާއިލައެކި ކޮންމި ގޭކި މީހަކުށަ ވިޔަސް އަދޮ ދޮންބެއާކީ ދާއިރައިއަސް މިޅި ރަށިއަސް އުންމީދަކަހަ މި ވެނީ ވެފޭ.

މި ލިކަހަ މަސައްކައް ވެގޭފަހޭނ ކޮއި މީހަކުއީއަސް ކޮންމި ހިސާބަކަހަސް ގީއެންނެން މީހަކުކަން ދޮންބެއަ އެ ވެނީ ދައްކާފޭ. ދޮންބެއާކީ ނަމޫނާއެއް. ޒުވާނުން، ހެދެމުން އޭނ ކޫދުން މިސާލާއް ކަމުގައި ބަލާގަންނަހަ ވީ ނަމޫނާ ތައްގަނޑެއް. އަފުން އެންމެންނަ ހީށި އުންމީދެއް.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !