A wide advertisement which will be shown on all devices. (700 x 100)

ޝާހު ރަތަށް އަރައިފި​

​ބަހުސް ކުރަމުން ދާއިރު އެކަކު އަނެކަކަށް ރައްދުދީ ރައްދުބަހުން ހަމަލާދީ ހެދުމަކީ ޢާންމު ކަމެކެވެ. ބަހުސެއްގައި ނަމަ ކުރާނެ ކަމެކެވެ. އެހެން ރައްދުގެ ގޮތުގައި ނުވަތަ ހަމަލާއެއްގެ ގޮތުގައި ބުނާ ބަހަކާ ހެދި ލޭކެކި ޒާތީވެ އުޅުމަކީ ހުތުރު ކަމެކެވެ. މީހާގެ އަގު ވެެއްޓޭ ކަމެކެވެ.

ޕީއެސްއެމުން ބާއްވަމުން އަންނަ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ބަހުސްތަކުގައި ވެސް ވަރަށް ފޯރި ގަދަ ވަރަށް ހޫނު ބައެއް ބަހުސްތައް އަންނަނީ ފެންނަމުންނެވެ.

ބަހުސްތަކުގައި ކިތަންމެ ފޯރިއެއް ނެގިއަސް ކިތަންމެ ހަރު ބަސްތަކެއް އަނެއް ކެންޑިޑޭޓަށް އަމާޒުކުރި ނަމަވެސް އެއީ ވަގުތީ ކަމެކެވެ. އަނެއްހެން ބުނާ ނަމަ އެއީ ބަހުސީ ކަމެކެވެ. ބަހުސް ނިމުމުން އެ ނިމުނީއެވެ. ޒާތީވުމެއް ނޯވެއެވެ.

ދަންނަވަން މި އުޅެނީ މި ބަޔާންކުޅަ ހަމަޔާ ޚިލާފަށް ހިނގައިދިޔަ ކަމެއްގެ ވާހަކައެވެ. ލިބުނު ރައްދުތަކަކާހުރެ ނުވަތަ އައި ހަމަލަތަަކަށް ހަޖަމްނުވެގެން ޒާތީވެވުނު ކެންޑިޑޭޓެއްގެ ވާހަކައެވެ.

އާދެ! މިއަދު ފުވައްމުލަކު އުތުރު ދާއިރާގެ ބަހުސާ ގުޅުންހުރި ވާހަކައެކެވެ. ބަހުސް ފެށިގެން އައީ ވަރަށް ފޯރީގައެވެ. ސުވާލުތަކަށް ޖަވާބު ދިނުމުގައި މިހާރުގެ ދާއިރާ މެންބަރު ޝާހަށް އަމާޒުކޮށް އަނެއް ދެ ކެންޑިޑޭޓުންގެ ފަރާތުން ލައްކަ ހަމަލަތައް ދެމުން ދިޔައެވެ. މީގައި ގަބޫލުކުރާންޖެހޭ ހަގީގަތެއް އެބައޮތެވެ. މަޖިލީހުގައި ގޮނޑި ފުރަމުން އަންނަ މެންބަރުގެ ކަންހުރި ގޮތުގެ ވާހަކަ އެހެން މީހުން ދައްކާނެއެވެ. ދައްކާއިރު ދައްކާނީވެސް ނުކުރި ކަމެއްގެ ވާހަކައިންނެވެ. އެ މެންބަރު ވީ ވަޢުދަކާ ޚިލާފުވެފައި އޮތް ނަމަ އެ ވާހަކަ ދައްކާނެއެވެ. އެހެން ވާހަކަ ދެއްކުމުގެ ފުރުޞަތު އޮންނާނީ މަޖިލިސް ގޮނޑި ފުރަމުންދާ މީހަކާ ބެހޭ ގޮތުންނެވެ. ނުވަތަ ކުރީން އެ ގޮނޑި ފުރާފައިވާ މީހަކާ ބެހޭ ގޮތުންނެވެ. ކަން ބަލާނީ ކަމުންނެވެ. ނުވަތަ ކަމުން ކަން ބަލާށެވެ. މިއީ މުސްކުޅީންގެ ބުނުމެކެވެ.

ކޮންމެއަކަސް ދަންނަވާން މި އުޅޭ ވާހަކަޔަކީ ލިބުނު ބައެއް ހަމަލާތަކުގެ ސަބަބުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޝާހު ރަތަށް އެރި ވާހަކައެވެ. މި ދަންނަވަނީ ކޮންމެހެން ބަހުސް ހިނގަމުން ދިޔަ ވަގުތު ޝާހުގެ މޫނުމަތީން ފާޅުވަމުން ދިޔަ ރުޅިވެރި ކަމާއި ނަފުރަތުގެ ވާހައެއް ނޫނެވެ.

ޒާތީވެ މީހާ ރުޅިއައިސް ދައްކުނޑި ވިކިފައި ހުރިކަން އެނގުނީ ބަހުސް ނިމުމުން ހިނގައިދިޔަ ކަމަކުންނެވެ.

ބަހުސް ނިމުމުން ބަހުސް ބަލާން ވަދެ ތިބި މީހުން އަވަހަށް އިސްޓޭޖަށް އަރައި ކެންޑިޑޭޓުންނާއެކު ފޮޓޯ ނަގާން އުޅެގަތެވެ. އެންމެ ފުރަތަމަ އިސްޓޭޖަށް އެރީ ތިން ނަންބަރު ކެންޑިޑޭޓު މުޙައްމަދު ރަޝީދު (ދޮންބެ) ގެ ސަޕޯޓަރުންނެވެ. އެ މީހުން އަރައި އެދުނީ ތިން ކެންޑިޑޭޓުންނާއެކު އެންމެން ފޮޓޯއެއް ނެގުމަށެވެ. ދެ ނަންބަރު ކެންޑިޑޭޓު ހިނިތުންވެ ހުރި މޫނަކާއިގެން ދޮންބެއާ ސަޕޯޓަރުންނާއެކު ފޮޓޯގައި ބައިވެރިވިއެވެ. ޝާހުއާ އޭނާގެ ސަޕޯޓަރުން މަޑުކުރީއެވެ. ހަގީގަތުގައި އޭނާގެ ބައިވެރީން އެހެން މީހުނާ އެކުގައި ފޮޓޯ ނަގާން ދެކޮޅު ހެދީއެވެ. ދެން އެތަނުން ދޮންބެގެ ސަޕޯޓަރެއް ޝާހުގެ އަތުގައި ހިފައި އަންނާށޭ ފޮޓޯގައި ބައިވެރިވެލާން ބުނެލިއެވެ. ރައްދުގައި ފެނިގެން ދިޔައީ ބަލާން ތިބި މީހުން އަންތަރީސް ކުރުވި ރުންކުރު ކަމެކެވެ. ހިފި މީހާގެ އަތް ފޮޅުވާލީއެވެ. މި މަންޒަރު ފެނުނު މީހުން ތިބީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ. އަތް ފޮޅުވާލާފައި ޝާހު ބުނީ ކީކޭ ކަމަށްތޯއެވެ. އޭނާގެ ބައިވެރިން ބުންޏޭ ތި މީހުންނާއެކީ ނުނަގާށޭއެވެ. މި ދެންނެވި ފޮޓޯ މި ލިޔުމުގެ މަތީގައި ފެންނާން އެހެރީއެވެ.

އެތަނުގައި އެހެން ބަޔަކު ނެތެވެ. ތިބީ ހައްތަހާވެސް ޝާހުއަށް ވޯޓު މުހިންމުވާ ދާއިރާގެ މީހުންނެވެ. ބަލައިލަ ބަލާށެވެ. ވަކި ބަޔަކަށް ތަފާތު ނުކުރާނެ ކަމަށް، ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ ކަމަށް ޕޯޑިއަމް ކައިރީގައި ތިބެގެން ބުނިތާ އޭރު އަދި ވާނީ ހައެއްކަ މިނިޓެވެ. ބަހާ ޢަމަލާ ދިމާނުވުން ފެށިގެން ދިޔައީ އެހައިވެސް އަވަހަށެވެ. ވިސްނާ ބަޔަކަށް ޢިބުރަތް ހުއްޓެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • .މިވެސް ވަރަށްބޮޑޭވީ

    .ތީދެން އެވަރުގެ ކަމެއްތޯ ބޮޑު ސުރުޚީ އަޅައިގެން ލިއާކަށް އެމީހަކު ބޭނުން ނޫން ކަމެއް އެމީހަކު ނުކުރުމުގެ ހައްގު ދީނީ ކަންތައް ފިއަވާ އާދައިގެ ކަންތައް ތަކުގާ އޮންނާނެ ސާހުއަށް އެވަގުތަށް އެއްމެ ރަނގަޅު ގޮތްކަމަށް ވެއްޖިއްޔާ ތިކަމަކީ ޝާހިދު ލައްވާ ހަމަ ކޮންމެހެން ވެސް ކުރުވާން ޖެހޭ ކަމެއްބާއޭ ހިތަށް ނާރަންޏާ ޝާހިދަށް ތިމީހުންގެ ކަންތައް ގަނޑު މާބޮޑު ކޮށްލައިފި ނޫންތޯ ޝާހިދު ނުދިއޭމާވެސް ޝާހިދުގެ އަތުގާ ހިފާ ދަމަން ޖެހޭތޯއޭ؟