A wide advertisement which will be shown on all devices. (700 x 100)

ކިބުރުވެރިކަމި މައްތަހަ ހިތްތިރިކަން ގަދަވެގައު

​ދޮންބެއަށަ މިހައި ތާއީދު ބޮނޑީ ސަބަބޮ ތިބުންމާ. ތިން އަވަށެނަސް ތާއީދު އެހައި ބޮނޑީ ކަމައްކާ ނިލާއެކި ނުން. ދޮންބެއަގެ މީހުން، ސަޕޯޓަރުން އެކުވޭރުން ކެމްޕޭނަރުން ތިން އަވަށިއަސް ތީބީ ތިބެންނަ ވެގެން.

ވާދަވެރި ކެންޑިޑޭޓުއާ ޚިލާފަހަ ދޮންބެއާކީ އެންމެންނާ ގުޅޭ މީހެއް. އެންމެންގެ ހާލާސް ބަލާ އެންމެންނަ އެހީތެރިވެ ދެރެ އެންމެންގެ ކަންކަމި ފެށުނީއްސުރެ ބައިވެރިވެމުން އޭ މީހެއް.

ވާދަވެރި ކެންޑިޑޭޓު ޝާހު އެހެނައް ނުން. 2014 ވަނަ އަހަރަސް ހޯދަޑޮއާ ދިގުވާނޑަކީ އޮންނާ ދެ އަވަށޮކަން އޭ ތީ ބައެކެންކަން އެނގޫނީ އިންތިޚާބަހަ އެކަނި. އިންތިޚާބޮ ނިމުނާ ނިމޫނީ. އިންތިޚާބައްފަހި ޝާހު ލޮލެން ބެލުންމާ ފެނެނީ ދަޑިމަގޮ އެކަނި. އެނެއް ދެ އަވަށޮ އެނެއްކޮޅެއަސް ފެނީން ހިނގަނީ މިކަލަސް އިންތިޚާބޮ އާހޮ ބޮލްމަތި ވީންމާ.

ދޮންބެއަ އެހެނައް ނުން. ދޮންބެއަ އަބަދަސް ފެނެނީ ތިން އަވަށި މީހަކު ގޮތެ. ދާއިރައި އެނެއް ދެ އަވަށި އެހެން މީހުންނާ ޚިލާފަހަ ދޮންބެއާކީ ދަޑިމަގިއަސް އެކުވޭރުންނާ ގާއް މީހުން ގިނަ މީހެއް. މިކަލް ދޮންބެއަ މި އިންތިޚާބޮ މިހައި ޗާލު ކެންޕޭނަކުން މިހައި ފަހިކޮހޮ ކާމިޔާބޮ މި ކެރަނީ އެހެން ވީންމާ. ދަޑިމަގެނަސް ހައިރާން ވޭނ ކަހަލަ ތަރޮހީބައު އޮތުންމާ.

ދަޑިމަގަކީ ޝާހުގެ އަވަށަހަ ވިޔަސް ދޮންބެއަގެ ސަޕޯޓަރުން ދަޑިމަގިއަސް ބައިވަރޮ. އެހެންވީއަސް ސަބަބޮތެކައްކާ ލާގެން. ދަޑިމަގި މީހުންނާސް ވިސްނޭ. އަވަށި މީހާށަ ވިޔަސް މި ވެގެންގޭ 5 އަހަރި ޝާހުށަ ދެއްކުން ޚިދުމަތައް ރަށަހަސް ދާއިރާށާސް ނެއްކަން. ދަޑިމަގި މީހުންނާސް ވިސްނޭ. ތިން އަވަށި އެންމެން ގުޅުނާކަން ދާއިރާ ހަމަވެނީ. ދަޑިމަގި މީހުންނާސް ވިސްނޭ. އެންމެންނާސް މަސްލަހަތު ލިބެންނޭ މިޅި ރަށަހަ މަސްލަހަތު ލިބީ، ރަށަހަ ކަންކަން ވެގެން ކަން. ދަޑިމަގި މީހުންނަ ވިސްނުންކަލަސް ދެރައީ ޝާހުށަ ނިވިސްނުންކަން.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !