A wide advertisement which will be shown on all devices. (700 x 100)

ފުރަބަންދާއި ރަށު ބަންދުގެ ހާލަތުގައި ވެސް އެއްވެސް ވިސްނުމެއް ފިކުރެއްނެތި މީހުން މަގުމަތީގައި!

އަހުމަދު ސައީދު އެދެނީ އެންމެސް ރައްކަތެރިކމުގެ ފިޔަވަޅުތަކަށް ސަމާލުވެ އެއާއި އެއްގޮތަށް އަމަލުކުރުމަށް

ފުރަބަންދާއި ރަށު ބަންދުގެ ހާލަތުގައި އޮވެމެ އެއްވެސް ވިސްނުމެއް ފިކުރެއްނެތި މީހުން މަގުމަތީގައި އުޅޭތީ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު އަންނަނީ ކަންބޮދުވުން ފާޅުކުރަމުންނެވެ. އެގޮތުން ކަންބޮޑުވުން ފާޅުކޮށް، އަތުވެދާނެ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކުރެވޭތޯ ވިސްނައިދިނުމަށް ލިޔާތީވެސް ބައެއް މީހުންނަށް ބަލައިގަންނަންނަން ފަސޭހަ ކަމަކަށް ނުވާކަމަށް އޭނާ ހަމަކުރައްވައެވެ.

މީހުން އުޅޭނެ ގޮތަކަށް އުޅެންޏާމު، ކޮވިޑްގެ ވަބާ ވެސް ފެތުރޭނެ ގޮތަކަށް ފެތުރޭނެތީ މި ބާވަތުގެ ވާހަކަ ނުލިޔެއެއް ނުހުރެވޭނެ ކަމަށްވެސް ހޮސްޕިޓަލުގެ މެނޭޖަރު އޭނާގެ ފޭސްބުކް ސްޓެޓަސްގައި ހަމަކުރައްވާފައިވެއެވެ.

މަގުމަތީ ގައި ފިނިބުރުޖަހައި ރައްކާތެރިކަމަށް އަޅާފައިވަ ފިޔަވަޅުތަކަށް ގޮންޖަހައި އުޅޭ މީހުންނަށް ޞިއްޙީ ވަބާގެ ނުރައްކާ ވިސްނައި ނުގަނެވޭނު ނަމަ، ބައެއް ޖަނަވާރުތަކާއި ސޫފާ ސޫފިތައް އެސޮރުމެންނަށް އަންނަ ނުރައްކަލާ ކުރިމަތިލައި އަމަލު ކުރަމުންދާ ގޮތާމެދު ވިސްނައި އިބުރަތެއް ހޯދުން ކިހިނެތްބާއޭ، މިސާލު ދައްކަވަމުން އޭނާ ސުވާލުކުރެއެވެ.

އެސޮރުމެނަށް ކުރިމަތިވާ މޫސުމީ ނުރައްކަލާ ވިއްސާރައާއި އައްވާއި ތޫފާން ފަދަ ބިރުވެރިކަން އަންނަކަން އެނގުމުން ކާބޯތަކެއްޗާއެކު ރައްކާތެރި ތަންތަނަށް ވަނދެ، ނުނިކުމެ އެތައް ހަފުތާތަކަކަށް ދެމިގެންދާއިރުވެސް ތިބެނީއެވެ. ނުރައްކަލުގެ ވަގުތު ގޮސް އަމާންވުމުން ހޮރުތަކުން ނިކުމެ އެސޮރުމެންގެ އިޖުތިމާޢީ ވަރުގަދަ ގުޅުމުގައި ހަރަކާތްތެރިވާން ފަށައެވެ.

އަހަރެމެން އިންސާނުން ކާބޯތަކެތި ހިފައިގެން ވަންނާކަށް ނުވެސް ޖެހެއެވެ. އަތުގައި އޮންނަ ފޯނުގެ ސްކްރީންގައި އަތް ހާކާލައިގެން ބޭނުން އެއްޗެއް ގެއާއި ހަމައަށް ގެނެވެއެވެ. ފައިސާ އެއްތަނުން އަނެއް ތަނަށް ފޮނުވެއެވެ. ބިލް ދެއްކެއެވެ. ވާހަކަ ދެއްކެއެވެ. ދުރުގައިވާ ލޯބިވާ މީހުން ލޮލުން ބަލާލެވެއެވެ. ވާޗުއަލް ކުލާސްތަކަށް ވަދެ އިލްމު އުނގެނެވެއެވެ. ގެގައި ތިބެގެން ވަޒީފާ އަދާ ކުރެވެއެވެ.

އަހަރެމެންގެ ޣާފިލުކަމުންނާއި ބަސް ނޭހުމުގެ ސަބަބުން ކާފައާއި މާމަމެން ހިމެނޭގޮތުން 900 އެއްހާ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ އަމަލުތަކާ ދުރުވެ ގޭގައި ތިބުމަށް އަހުމަދު ސައީދު އެދެއެވެ. އަދި ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވެ ރައްކާތިރެވިތިބުމަށް އެދެއެވެ.

އަހުމަދު ސައީދުއަކީ ކޮވިިޑް-19 އަށް އާއްމު ހެލުންތެރިކުރުވައި، ރައކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ ޓާސްކް ފޯހުގެ އިސް މެމްބަރެކެވެ. އަދި އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބާރުއަލާއި ގިނަ ޕޯސްތްތަކެއް ކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !