A wide advertisement which will be shown on all devices. (700 x 100)

ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަން ހިންގި ހަރަކާތް ނިންމާލައިފި

ފުޑު ސޭފްޓީ އިންސްޕެކްޝަން 2023

ފުވައްމުލައް ހޮސްޕިޓަލުން ކުރިޔަށް ގެންދިޔަ އާއްމު ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބެލުމުގެ އިންސްޕެކްޝަން ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ހާރަކާތުގެ ދަށުން ފުވައްމުލައް ސިޓީގައި ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ ހަރުތަކުގައިވާ ތަކެތި ބަލައި ޗެކު ކުރުމުގެ މައްސަކަތް އެކި ދުވަސްތަކަށް ބަހާލައިގެން ކުރުމަށް ފަށާފައި ވަނީ މި މާރިޗު މަހު 13 ވަނަ ދުވަހު އެވެ.

ފުޑު ސޭފްޓީ އިންސްޕެކްޝަން 2023- ފުވައްމުލައް ހޮސްޕިޓަލް

މި އިންސްޕެކްޝަން ޕްރޮގްރާމަކީ ކުރިޔަށް އޮތް ރޯދަމާހައި ދިމާކޮށް ދިމާވެދާނެ ސިއްހީ ބަލިމަޑުކަމަކުން ދުރާލާ އާއްމުން ރައްކާތެރިކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއް ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރެއެވެ.

ފުޑު ސޭފްޓީ އިންސްޕެކްޝަން 2023- ފުވައްމުލައް ހޮސްޕިޓަލް

މި ޕްރޮގްރާމުގައި ދަށުން އެންމެ ފުރަތަމަ އިންސްޕެޓު ކޮށްފައި ވަނީ ދަޑިމަގާއި ދިގުވާޑު އަވަށުގެ ފިހާރަތައް ކަމަށް ވެއެވެ. އެއިގެ ފަހުން ހޯދަޑާއި މާދަޑު އަވަށުގެ ފިހާރަތަކާއި މިސްކިތްމަގާއި ފުނާޑު އަވަށުގެ އިތުރުން މާލެގަމު އަވަށާއި ދޫނޑިގަމު އަވަށުގެ ފިހަރަތައް ވެސް މިހާރު ވަނީ އިންސްޕެކްޓްކޮށް ނިންމާލާފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !