A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަން ދުވަހަކީ 23 މާރިޗު 2023 ވާ ބުޜާސްަތި ދުވަސް

މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ނިންމައިިއެވެ.

މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ 29 ދުވަސް ކަމަށްވެ، މިއަދު އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ނުފެންނާނެ ކަމަށް ރަސްމީގޮތުންނާއި އިތުބާރު ހުރި ފަލަކީ ހިސާބުތަކުން އެނގިފައި ވާތީ މާދަމާ، 22 މާރިޗު 2023 ވާ ބުދަ ދުވަހަކީ މިއަހަރުގެ (1444) ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް ނިންމައި، ޖެހިގެން އަންނަ ބުރާސްފަތި ދުވަސް، 23 މާރިޗު 2023 އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިނސްޓްރީ އިން ވަނީ ކަނޑައަޅާފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ “..މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ މި ހިނގާ މާޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފިން،” އެވެ.

ވުމާއެކު މިއަރުގެ ރަމަޟާން މަސް ވެގެން ދާނީ 29 ދުވަހުގެ މައްސަރެއް ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !