A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ގުރުއާނާއި ސައިންސްގެ ފުރަތަމަ ޕްރޮގްރާމް މާދަމާ ރޭ އޮންނާނެ

1443ހ. ރަމަޟާން މަހުގެ ދީނީ ޕްރޮގްރާމް ގުރުއާނާއި ސައިންސްގެ ފޯރަމް- ޏ.އޭއީސީ

ގުރުއާނާއި ސައިންސް ފޯރަމް 1444 ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ ދީނީ މައުލޫމާތުގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް މާދަމާ ރޭ އޮންނާނެއެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ފުވައްމުލަކުގެ ސްކޫލްތަކާއި ގުޅިގެން ދަރިވަރުން މެދުވެރިކޮށް ސިޓީ ކައުންސިލުން ހުށަހަޅައިދެމުން އަންނަ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ރާވާފައި ވަނީ މި މާރިޗު މަހު 26-31 އަށް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމުގައެވެ.

މިއަހަރުގެ ގުރުއާނާއި ސައިންސް ޕްރޮގްރާމް މާދަމާ ރޭ ފަށާނެ. 2023

މި އިވެންޓް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިވެންޓް ކުރިޔަށް ގެންދަނީ ރޭގަނޑު 9:30 އިން ފެށިގެންނެވެ. މިފަހަރުގެ އިވެންޓްގައި ބައިވެރިވެފައި ވަނީ 6 ސްކޫލަކުންނެވެ. އެއީ:

ޏ.އަތޮޅު ތައުލީމީ މަރުކަޒު

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ފުވައްމުލައް

މުހައްމަދު ޖަމާލުއްދީން ސްކޫލް

ހާފިޒު އަހުމަދު ސްކޫލް

އައިޑިއަލް ސްކޫލް

ފުވައްމުލަކު ސްކޫލް

1443ހ. ރަމަޟާން މަހުގެ ގުރުއާނާއި ސައިންސްގެ ފޯރަމްގެ 4 ވަނަ ޕްރޮގްރާމް – އެފްއެސް ދަރިވަރުން

ގުރުއާނާއި ސައިންސް ފޯރަމް 14144ގެ ތާވަލް، ރޭގަނޑު 9:30ގައި

26 މާރިޗު 2023: ކީރިތި ގުރުއާނުގައި ވާ އެސްޓްރޮނެމީ އިލްމުގެ މައުލޫމާތުތައް (އިރާއި ހަނދާއި ތަރިތައް) – ޏ.އޭއީސީ

27 މާރިޗު 2023: ކީރިތި ގުރުއާނުގައި ވާ ޖިއޮލޮޖީ އިލްމުގެ މައުލޫމާތުތައް (ވޯޓާ ސައިކަލް، ފަރުބަދަތައް) – ބްރައިޓްވޭ އިންޓަ.

28 މާރިޗު 2023: ކީރިތި ގުރުއާނުގައި ވާ ބައޮލޮޖީ އިލްމުގެ މައުލޫމާތުތައް (ބޮޓޮނީ އާއި ފިޒިއޮލޮޖީ) – އެމްޖޭއެސް

29 މާރިޗު 2023: ކީރިތި ގުރުއާނުގައި ވާ އމްބްރޮލޮޖީ އިލްމުގެ މައުލޫމާތުތައް (އިންސާނާ އުފެއްދެވުން) – ހޭޒް

30 މާރިޗު 2023: ކީރިތި ގުރުއާނުގައި ވާ މެވާގެ ވާހަކަތައް – އައިޑިއަލް ސްކޫލް

31 މާރިޗު 2023: ކީރިތި ގުރުއާނުގައި ވާ ދުނިޔޭގެ ވާހަކަތައް – ފުވައްމުލަކު ސްކޫލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !