A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުން އާއްމު ކޮށްފި

ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުމެއް.

މި ސަރުކާރުން ފުވައްމުލައް ސިޓީގައި ގާއިމުކުރުމަށް ވައުދުވެފައިވާ ހޮސްޕިޓަލުގެ އައު އިމާރާރުގެ ކުރެހުން އާއްމު ކޮށްފިއެވެ.

މިއީ މިހާރު ހުރި ފުވައްމުލައް ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމުގެ ގޮތުން އެ ހޮސްޕިޓަލަށް އިތުރުކުރެވޭ އައު އިމާރާތެކެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ މިހާރު ހުރި ހޮސްޕިޓަލުގެ އިމާރާތާއި ގުޅިގެން އިރުމައްޗަށް (އެއްގަމަށް) އޮތް ހުސްބިމާއި މިހާރު ޏ.އޭއީސީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަން ހިނގާ އިމާރާތް ހުރި ބިމުގައެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުމެއް.ހޮސްޕިޓަލުގެ މިއިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ 5 ބުރިއަށެވެ. 50 އެނދުގެ ޖާގައިގެ މިއިމާރާތް ޑިޒައިންކޮށްފައި ވަނީ ވަރަށް ތަފާތު ގޮތަކަށެވެ.މިއީ ކުވައިތު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް މި އަހަރުގެ ބަޖެޓްގައި 805,434 ރުފިޔާ ހިމަނާފައި ވެއެވެ.

މިއީ ޓާޝަރީ ފެންވަރަށް އަޅާ ސަބް-ސްޕެޝަލިޓީ ހޮސްޕިޓަލެކެވެ. އެގޮތުން މިހޮސްޕިޓަލް ޚާއްސަވެގެން ދާނީ ކުޑަކުދިންނާއި އަންހެނުންގެ ޚާއްސަ ފަރުވާގެ ޚިދުމަތުގެ ކަންކަމަށެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތެއް ފާއިތުވެގެން ދިޔަ 2021 ވަނަ އަހަރު އިމާރާތްކުރުމުގެ މަސައްކަތް ފަށައި 2022 ވަނަ އަހަރުވަނީ ޚިދުމަތް ދޭން ފަށާފައެވެ. އެއިމާރާތުގައި ދެމުން އަންނަނީ އަންނަނީ ލެބޯޓްރީގެ ޚިދުމަތާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތު – 11 ޑިސެމްބަރު 2019

ނަމަވެސް ރިޔާސީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުން ދައްކާލުމުން ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އެކަމަށް އަމާޒުވެފައެެވެ. އެގޮތުން އެކަކު ބުނެފައިވަނީ 3ޑީ ރެންޑަރިން އަކުން ރައްޔިތުންނަކަށް ޚިދުމަތް ނުވެދޭނެ ކަމަށެވެ. އަދިވެސް ފާޑުކިޔާ މީހުން ބުނެފައިވަނީ މިޙާރު ހުރި ހޮސްޕިޓަލުން ލިބޭ ޚިދުމަތް ފުޅާކުރުން ފުޅާކުރުން މާ މުހިންމު ކަމަށެވެ. އިމާރާތެއް ހުއްޓަސް ތަމްރީނުވެފައިވާ މުވައްޒަފުންނާއި އިކުއިޕްމެންޓްސް ނެތި ހޮސްޕިޓަލުން ޚިދުމތް ނުދެވޭނެ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހޮސްޕިޓަލުގެ މައި އިމާރާތަށް ބަދަލުކޮށްފި

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !