A wide advertisement which will be shown on all devices. (700 x 100)

ހިއުމަން ރައިޓްސް އާއި އެންޓިޓޯޗާ އާއި ގުޅޭ މައުލޫމާތު ސެޝަން މާދަމާ ރޭ ބައްވަނީ

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައމްުލައް ސިޓީގައި ފެށުން

ހިއުމަން ރައިޓްސް އާއި އެންޓިޓޯޗާ އާއި ގުޅޭ މައުލޫމާތު ސެޝަން މާދަމާ، 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ތާވަލް ކޮށްފިއެވެ. މި ސެޝަން ކުރިޔަށް ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ރޭގނަޑު 8:30 އިން 10:00 އަށެވެ.

މި ސެޝަނުގައި ބައިވެރިވުމަށް އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. މި މައުލޫމާތު ސެޝަން ކުރިޔަށް ގެންދަވަނީ މިހާރު ފުވައްމުލައް ސިޓީ އަށް ވަޑައިގެން އުޅުއްވާ ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިސްގެ ފަރާތުންނެވެ.

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައމްުލައް ސިޓީގައި ކުރިޔަށް ގެންދަނީ

މި ސެޝަންގެ އިތުރުން ވެސް ސްކޫލް ދަރިވަރުން އިންސާނީ ހައްގުތަކަށް ހޭލުންތެރިކޮށް އެކަކު އަނެކަކުގެ ހައްގުތަކަށް އިހުތިރާމްކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން ވެސް އިއްޔެ މަުއލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ލީގަލް ކްލިނިކެއް ވެސް ރަށުގެ ފުވައްމުލަކު ބަނދަރު ސަރައްހައްދުގައި އިއްޔެ އާއި މިއަދު ހަވީރު ބާއްވާފައި ވެއެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ކްލިނިކަށް ޒިޔާރަށްކުރި ފަރާތްތަކަށް އިންސާނީ ހައްގުތަކާ ގުޅޭ މަޢުލޫމާތާއި ގާނޫނީ ލަފާ ދީފައިވެއެވެ. މީގެ އިތުރުން ވެސް މި ޕްރޮގްރާމްގެ ތެރެއިން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ވެސް ސެޝަނެއް ބާއްވާފައި ވެއެވެ.

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައމްުލައް ސިޓީގައި ކުރިޔަށް ގެންދަނީ

މިއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން އޮސްޓްރޭލިއަން އެއިޑް ގެ އެހީގައި ކުރިއަށް ގެންދާ ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގްރާމުގެ ބައެކެވެ. މި ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފަށާފައިވަނީ އިއްޔެ އެވެ.

މި ޕްރޮގްރާމުގެ ހަރަކާތްތައް މި މޭ މަހު 13 އިން 20 އަށް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާނެއެވެ.

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައމްުލައް ސިޓީގައި ކުރިޔަށް ގެންދަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !