A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އުތުރުފަރާތުގައި ލަމުންދާ ތޮށިގަނޑުގެ ޑިޒައިނަކީ ސިއްރެއް

ފުވައްމުލަކު އުތުރު ފަރާތުގައި ލަމުންދާ ތޮށިގަނޑުގެ ޑިޒައިނަކީ ސިއްރެއްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ. ޕްލޭނިން މިނިސްޓްރީއިން މިހެން ބުނެފައިވަނީ އަމިއްލަ ފަރާތަކުން އެ ތޮށިގަނޑުގެ ޑިޒައިން ހޯދުމަށް “މައުލޫމާތު ހޯދައި ލިބިގަނތުގެ ހައްގުގެ ގާނޫނު” ދަށުން އެ ވުޒާރާއަށް ހުށަހެޅުމުން އެމައުލޫމާތު ހިއްސާކުރެވެން ނެތްކަމަށް ދެއްވި ޖަވާބުގައެވެ. ” ތިޔަ ފަރާތުން އެދިލައްވާފައިވާ ގޮތުގެ މަތީން ފުވައްމުލަކު އުތުރު ފަރާތުގައި ލަމުންދާ ތޮށިގަނޑުގެ ޑިޒައިންއަކީ އެމަސައްކަތްކުރުމަށް މިނިސްޓްރީ އާއި ކޮންޓްރެކްޓަރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިއްރު ހިފެހެއްޓުން ޝަރުތުކޮށް މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތެއް ކަމުގައިވުމުން އެމައުލޫމާތު ދެވެން ނެތް” ކަމަށް އެވުޒާރާގެ ޖަވާބުގައި ވެއެވެ.

ފުވައްމުލަކު ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް އެއްބަސްވެފައި ވަނީ ފާއިތުވި 2021 ވަނަ އަހަރު ޑިސެމްބަރު، 12 ވަނަ ދުވަހުއެވެ. ތިން ސަތޭކަ މިލިޔަން ރުފިޔާ ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވާ މި މަސައްކަތަށް ކަނޑައަޅާފައި ވަނީ 1 އަހަރާއި 8 މަސް (606 ދުވަސް) ދުވަހެވެ. އެމަޝްރޫއުގެ މަސައްކަތް ކުރަނީ ފުވައްމުލަކުގެ ބަނދަރު ވެސް ހެދި ޑެންމާކްގެ ހޯގާޑު ކުން ފުނިންނެވެ.

އެމަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެނެސްފައި ވަނީ ފާއިތުވި އަހަރު 2022ގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެ ޝިޕްމެންޓްގައި 7000 ޓަނުގެ ބޮޑު ހިލަ ގެނެސްފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !