A wide advertisement which will be shown on all devices. (700 x 100)

އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ 2021ގެ އިންތިޚާބުގެ ވަގުތީ ނަތީޖާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތކުރާ ކޮމެޓީގެ އިންތިާޚބުގެ ވަގުތީ ނަތީޖާ 2021

ފާއިތުވި ހޮނހިރު ދުވަހު (10 އޭޕްރީލް 2021) ގައި ބޭއްވި ފުވައްމުލަައް ސިޓީގެ އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު ކުރަން ޖެހޭ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި އެމްޑީޕީއިން ހޯދިއިރު ޕީޕީއެމް އިން ވަނީ 2 ގޮނޑި ކާމިޔާބުކޮށްފައެވެ.

ފުވައްމުލަައް ސިޓީގެ އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް 6 ދާއިރާއިން 6 މެމްބަރަކު ހޮވައެވެ. މި އިންތިޚާބުގައި ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާއަށް ކުރި މަތިލާފައިވަނީ އަމިއްލަ ގޮތުން ވާދަކުރި އާސިފާ އިބްރާހިމް ދިގުވާޑިގެ، ދިގުވާޑު، އެކަނި ކަމަށް ވުމުން އިންތިޚާބުގައި ވޯޓުލުމެއް ނެތި އޭނާ ވަނީ އެގޮނޑިއަށް ހޮވިފައެވެ.

ފުވައްމުލަކު އިރު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރީ އެމްޑީޕީ ކެންޑިޑޭޓަކާއި އައްމިލަގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ. ދެން ހުރި ގޮނޑިތަކަށް ގޮނޑިތަކަށް ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅުޕާޓީ ޕީޕީއެމްގެ ވާދަވެރި ވެރިކަން ބޮޑުވިއެވެ.

މި އިންތިާޚބު ކާމިޔާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިާޚބު ކާމިޔާބުކޮށްފައި ވަނީ:

ފުވައްމުލަކު ހުޅަނގުު އުތުރު ދާއިރާ R1: އާސިފާ އިބްރާހިމް، ދިގުވާޑިގެ، ދިގުވާޑު (އަމިއްލަ)

ފުވައްމުލަކު އިރު އުތުރު ދާއިރާ R2: ފާތިމަތު ނާފިޢާ، ޒަމްހަރީރުގެ، ހޯދަޑު (އެމްޑީޕީ)

ފުވައްމުލަކު މެދު އުތުރު ދާއިރާ R3: މަރްޔަމް ހަސަން ދީދީ، ކާރާންގެ، މިސްކިތްމަގު (އެމްޑީޕީ)

ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ R4: މަރްޔަމް އަލީ، މަންޒިލް، ފުނާޑު (ޕީޕީއެމް)

ފުވައްމުލަކު މެދު ދެކުނު ދާއިރާ R5: މަރްޔަމް ދިޔާނާ، ގަލްގެ، މާލެގަމު (ޕީޕީއެމް)

ފުވައްމުލަކު އިރު ދެކުނު ދާއިރާ R6: މަރްޔަމް ޒަހީނާ އަޙުމަދު، ގްރީންލޭންޑް، ދޫނޑިގަން (އެމްޑީޕީ)

އިންތިޚާބުގެ ނަތީޖާ، 16 އޭޕްރީލް 2021.

އަންހެނުންގެ ތަރައްގީއަށް މަސައްކަތކުރާ ކޮމެޓީގެ އިންތިާޚބުގެ ވަގުތީ ނަތީޖާ 2021

މި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން އެންމެ ވާދަވެރިކަން ބޮޑުވެފައި ވަނީ R4 ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާގެ އިންތިޚާބުގައެވެ. ވޯޓު ގުނަމުން ދިޔައިރު ފުރަތަމަ ކޮޅުގައި ކުރީގައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އާސިމާ އެވެ. ނަމަވެސް މިއަދު (16 އޭޕްރީލް)ގެ ނިޔަލަށް ބާކީ 1 ވޯތް ނުގުނި އޮތް އިރު 4 ވޯޓުން ކުރިއަރާފައިވަނީ ޕީޕީއެމް ކެންދިޑޭތް މަރްޔަމް އަލީއެވެ. އެވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް މިހާރު އެހުރި ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ.

ނަމަވެސް މިކަލް ނޫހާއި ވާހަކަ ދެއްކި އެމްޑީޕީގެ އެދާއިރާގެ ކެމްޕޭންއިން ޓީމުގެ އިސްމީހާކު ހާމަކުރި ގޮތުގައި އެހެން ރަށްރަށުގައި ބެހެއްޓުނު ވޯޓް ފޮށިތަކަށް ރަޖިސްޓްރީކޮށް ވޯޓްލާން ނުދާ ވަކިވަކި ބައެއް މީހުންގެ ވޯޓު އިދިކޮޅު (ޕީޕީއެމް) ކެންޑިޑޭޓަށް ގުނާފައި ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެގޮތުން 2 މައްސަލައެއް ބަލައިދިނުމަށް އިލެކްޝަން ކަމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވޯޓުގެ ދާއިމީ ނަތީޖާ ނުކުންނައިރު އެގޮނޑި އެމްޑީޕީއަށް އަލުން ލިބުން ގާތްކަމަށް އޭނާ ހާމަކުރިއެވެ.

މިވޯޓުގައި އެންމެ ބޮޑު ތަފާތަކުން ކުރި ލިބިފައި ވަނީ R2 ފުވައްމުލަކު އިރު އުތުރު ދާއިރާއަށް އެމްޑީޕީއިން ވާދަކުރި ފާތިމަތު ނާފިޢާ، އަށެވެ. އޭނާއާއި ވާދަކުރި ކެޑިޑޭޓްގެ ވޯޓް ފަރަގު 257 ވޯޓު އެބަހުއްޓެވެ. އެދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމި ވަގުތީ ނަތީޖާ މިހާރު ވަނީ އާއްމުކޮށްފައެވެ.

ދެވަނަ އަށް އެންމެ ބޮޑު ތަފާތެއް ހޯދީ ވެސް R3 ފުވައްމުލަކު މެދު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މަރްޔަމް ހަސަން ދީދީއެވެ. އޭނާ ވަނީ އިދިކޮޅު (ޕީޕީއެމް) ކެންޑިޑޭޓް ޝަބާނާ ސައީދަށް ވުރެ 107 ވޯޓު އިތުރުށް ހޯދާފައެވެ. މިދާއިރާގެ ބާކީ ނުގުނު 5 ވޯޓެއް އެބަހުއްޓެވެ. އެ 5 ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް މިގޮނޑި ކާމިޔާބުކުރާނީ މަރްޔަމް ހަސަން އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 ފވމ ސިޓީ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ގުރުއަތު ލުމުގެ ބައްދަލުވުމަށް ގިނަ ބަޔަކު ހާޒިރުވި

ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ R5 ފުވައްމުލަކު މެދު ދެކުނު ދާއިރާއިން ވާދަކުރި މަރްޔަމް ދިޔާނާއެވެ. އޭނާ ވަނީ ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް އާއިޝަތު އަލީއަށް ވުރެ 92 ވޯޓް އިތުރަށް ހޯދައި ގޮނޑި ކާމިޔާބުކޮށްފައެވެ. މިދާއިރާގެ ވޯޓުތަކުގެ ތެރެއިން ވެސް އަދި ނުގުނި 3 ވޯޓެއް އެބައޮތެވެ.

ފުވައްމުލަކު އިރު ދެކުނު ދާއިރާ (R6)، އެމްޑީޕީ ކެންޑިޑޭޓް މަރްޔަމް ޒަހީނާ އަޙުމަދު ކާމިޔާބުކުރީ ޕީޕީއެމް ކެންޑިޑޭޓް ހަނީފާ އިބްރާހީމަށް ވުރެ 53 ވޯޓު އިތުރަށް ހޯދައިގެންނެވެ. މިދާއިރަގައި ވެސް އަދި ނުގުނާ 3 ވޯޓު އެބައޮތެވެ. ނަމަވެސް އެއީ މިނަތީޖާއަށް ބަދަލު އަންނަ ވަރުގެ އަދަދެއް ނޫނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !