A wide advertisement which will be shown on all devices. (700 x 100)

ރަސްމާލޭގައި ފްލެޓް އެޅުމަށް ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފި

ރަސްމާލޭގައި ފްލެޓް އެޅުމަށް ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ސިންގަޕޫރްގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމްގައެވެ. އެ ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި އެކި ދާއިރާތަކާއި ފުރުސަތުތައް ކިޔައިދީފައެވެ.

އެގޮތުން ރަސްމާލޭގެ ބޮޑު ފްރޮޖެކްޓްގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ފޯރަމްގައި ރާއްޖޭގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ފޯރަމްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ރަސްމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ ބޮޑު ބޯހިޔާވެހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ގިނަ އިމާރާތްތަކެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕްރެޒެންޓޭޝަންގައިވެއެވެ.

1150 ހެކްޓަރުގެ ބޮޑުމިނަށް ހިއްކާ ރަސްމާލޭގައި 65،000 ހައުސިން ޔުނިޓް އެޅުމަށް ޕްލޭންގައި ވަނީ ހިމަނާފައިކަމަށާއި މިއީ ސިންގަޕޫރްގެ މެރީނާ ބޭ މާސްޓާ ޕްލޭން އޭރިއާއާ އަޅާބަލާއިރު ތިން ގުނަ ބޮޑު ސަރަހައްދެއްކަމަށް ޕްރެޒެންޓޭޝަންގައި ވާހަކަ ދެއްކި ޕްރެޒެންޓަރު ކިޔައި ދިނެވެ.

ރަސްމާލެ ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހި ފެށިފައިވާ ކަމަށާއި އެ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ވެސް ރަސްމާލޭގައި އިންވެސްޓްކުރުމަށް ހުރި ދާއިރާތަކަށް ވަނީ ފޯރަމްގައި ކިޔައި ދީފައެވެ. އެގޮތުން ރެސިޑެންޝަން ޓައުންޝިޕް ތަރައްގީކުރުމާއި ފަތުރުވެރިކަން ކުރިއެރުމަށް ޔޮޓް މެރީނާ އާއި ތީމް ޕާކް ތަރައްގީކުރުން އަދި ރިސޯޓް ތަރައްގީކުރުމަށް އިންވެސްޓަރުންނަށް ފުރުސަތު އެބައޮތް ކަމަށް އޭގައިވެއެވެ.

ނެޝަނަލް ހައުސިން ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ޕްރެޒެންޓޭޝަންގައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 25،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 15،000 ސޯޝަލް ހައުސިން ޔުނިޓާއި 5000 އެފޯޑަބަލް ހޯމްސް އަދި 5000 މިޑް ޓު ހައި އެންޑް ރެޒިޑެންޓަލް ޔުނިޓެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލް ދީފައިވެއެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، މި އަހަރު ނިމެން ވާއިރަށް ބިން ހިއްކައި ނިމޭނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ. މި މަޝްރޫއަކީ ރައީށް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !