A wide advertisement which will be shown on all devices. (700 x 100)

އެސްއީޒެޑްގެ ފްލޯޓިންގ ސޯލާ ސިޓީގެ މަޝްރޫޢު އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު (އެސްއީޒެޑް) ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢު ކަމުގައިވާ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ސިޓީ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ސިންގަޕޫރުގައި ފަށާފައިވާ 7 ވަނަ “މޯލްޑިވްސް- ސިންގަޕޫރު” ބިޒްނަސް ފޯރަމްގެ ތެރެއިންނެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޖޭމްސް ކޯލޓަރ އީ.ޑީއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޔާދަކުރަނިވި ޙަކަތައިގެ ސިޔާސަތުގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި ހެދުމަށް ކުރެވޭ މަސައްކަތް ޙާސިލްކުރުމަށް ބޭނުންވާ މުހިއްމު މަޝްރޫޢެކެވެ. މީގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، އިޤްތިޞާދީ ގޮތުންވެސް ފައިދާހުރި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ޤާނޫނުގެ ދަށުން މި މަޝްރޫޢު ހިންގުމުގެ ހުއްދަދީފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިއީ އެ ޤާނޫނުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު ކަމަށް ވުމުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަޝްރޫޢާއެކު ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުފުޅާވެގެންދާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !