A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖެ އާއި ހެންލީ އެންޑް ޕާޓްނަރސްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ޖުލައި 2025 ގައި ސިންގަޕޫރުގައި ބޭއްވުނު 7 ވަނަ “މޯލްޑިވްސް – ސިންގަޕޫރު” ބިޒްނަސް ފޯރަމްގައި ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާރޓްނަރސްއާއެކު ދިވެހި ސަރުކާރުން ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ހެންލޭ އެންޑް ޕާރޓްނަރސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޕާރޓްނާ މިސްޓަރ ފިލިޕް އާމަންޓީ އެވެ.

ހެންލީ އެންޑް ޕާޓްނަރސްއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ‘ރެސިޑެންސީ ބައި އިންވެސްޓްމަންޓް’ ޕްރޮގްރާމެއް ފެށޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ރިއަލް އެސްޓޭޓްގެ ދާއިރާއަށް އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހުޅުވައިލުމެވެ. މީގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ މުހިންމު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން، ޤައުމުގެ އިޤްތިޞާދަށް ސީދާ ބޭރުގެ ފައިސާ ވަދެ، ވަޒީފާގެ އާ ފުރުޞަތުތައް އުފެދި، އަދި ރިއަލް އެސްޓޭޓްގެ ދާއިރާ އިތުރަށް ތަރައްޤީވެގެން ދާނެއެވެ. މިއީ ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި އިތުރަށް ކުރިއަރުވައި، ދިގު މުއްދަތަށް ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !