A wide advertisement which will be shown on all devices. (700 x 100)

އައްޑޫ ސިޓީ ހުޅުދޫގައި ޓޫރިސްޓު ގެސްޓްހައުސްތަކާއި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފި

އައްޑޫ ސިޓީ ހުޅުދޫގައި ޓޫރިސްޓު ގެސްޓްހައުސްތަކާއި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީގެ ހުޅުދޫގައި ސިޓީ ހޮޓަލެއްގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 240 ކޮޓަރި ޓޫރިސްޓު ވިޔަފާރިއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ވަކިވަކި ފަރުދުންގެ ވިޔަފާރިތަކާއި، ކުންފުނިތަކުގެ އިތުރުން ޕާޓްނަޝިޕްގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ.

ސިޓީ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް 4.65 ހެކްޓަރުގެ ބިމެއް ދޫކުރުމަށް ވަނީ ނިންމައިފައެވެ. މި ސަރަޙައްދަކީ ކެނަރީފް ރިސޯޓް ކައިރިން ހުޅުދޫގެ ދެކުނު ފަރާތުގައި އޮންނަ ސަރަޙައްދެކެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ހުޅުމީދޫގައި 11 ގެސްޓްހައުސްއާއި ދެ ސިޓީ ހޮޓެލެއް ތަރައްގީކުރުމަށް މުޅި ޖުމްލަ 13 ޕްލޮޓުގެ ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 10 ކޮޓަރީގެ ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ދޫކުރާ ހަ ޕްލޮޓާއި، 15 ކޮޓަރީގެ ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ދޫކުރާ ހަތަރު ޕްލޮޓާއި، 25 ކޮޓަރީގެ ގެސްޓްހައުސް ތަރައްގީ ކުރުމަށް ދޫކުރާ އެއް ޕްލޮޓެވެ.

މީގެ އިތުރުން، 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް އެއް ޕްލޮޓާއި، 35 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް އެއް ޕްލޮޓުގެ ބިން ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ބީލަމުގައި ރެޖިސްޓްރިވާން ބޭނުންވާ ފަރާތްތަކުން ގެޒެޓުގައިވާ އިއުލާނުގައި ހިމެނޭ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު finance@adducity.gov.mv އަށް މެއިލްކުރުމަށް އެދޭކަމަށެވެ. ބީލަމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިންގާ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ 13:00އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި މަޝްރޫއު އަކީ ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ދަށްކުރުމާއި ވަޒިފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމާއި ލޯކަލް ޓުއަރިޒަމަށް ޕްރައިވެޓް ސެކްޓަރއިން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ އައްޑޫސިޓީގެ އިގްތިސާދު ކުރިއެރުވުމުގެ ހިންގާ މަޝްރޫއެއް ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !