ލޯބިވެރިންގެ މެދުގައި އެންމެ މަގުބޫލު ޖަޒީރާ ގައުމަކީ ރާއްޖެ ކަމަށް އެކްސްޕިޑިއާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންސީއެއް ކަމަށްވާ އެކްސްޕީޑިއާގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ޖަޒީރާތަކުގެ މައުލޫމާތު މިއަދު އާންމުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީއަށް ދަތުރުކުރާ މީހުންގެ ދަތުރުކުރުމުގެ ޑޭޓާގެ މައްޗަށް ބިނާކޮށެވެ.
އެ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ދަތުރުކުރަން އެންމެ އެކަށޭނަ ދުވަސްވަރަކީ މެއި މަހެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު ރާއްޖެ އަންނަން ޝައުގު ހުންނަ މީހުންގެ އެވްރެޖު %15 އިތުރުކަމަށާއި އެންމެ މަގުބޫލު ރިސޯޓަކީ ޖުމައިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސްކަމަށް އާންމުކުރި މައުލޫމާތު ރިޕޯޓުގައިވެއެވެ.
ރާއްޖޭގެ ރިސޯޓުތައް މީހުން ދިރިއުޅޭ ރަށްތަކާ ވަކިން އޮތުމާއި ލިބޭ ޕްރައިވެސީ އަކީ ‘ރޮމޭންސް’އަށް އެންމެ ކަމުދާ މަންޒިލުގެ ގޮތުގައި ރާއްޖެ ބަލައިގަންނަ ސަބަބެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ވެސް ފަތުރުވެރިންގެ ތަޖުރިބާއާ އެކު އެކްސްޕީޑިއާ އިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރިސޯޓުތަކުގެ މޫދު ކޮޓަރިތަކުގައި އަވިން ކަރަންޓު އުފެއްދުމާއި މުރަކަ ހެއްދުމަށް ކުރާ މަސައްކަތްތަކުގެ އިރުރުން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ.
އެކްސްޕީޑިއާގެ ކަސްޓަމަރުންގެ ތެރެއިން ޖަޒީރާތަކަށް ދަތުރުކުރާ މީހުން ބޭނުންވަނީ ފަސޭހައިން ދަތުރު ކުރެވޭ، ހިތްހަމަޖެހޭ ތަންތަނުގައި ޗުއްޓީ ހޭދަކުރުމުގެ އިތުރުން އަތްފޯރާ އަގެއްގައި ޗުއްޓީ ހޭދަކުރުމަށް ކަމަށް އެކްސްޕީޑިއާ ގްރޫޕުގެ ޕަބްލިކް ރިލޭޝަންސް މެލެނީ ފިޝް ފާހަގަކުރައްވައެވެ.
ޚިޔާލުތައް