ވިޔަފާރި ބޭނުންތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދިވެހި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު %10 އިތުރުކުރަން ނިންމައިފިއެވެ.
އެމްއެމްއޭއިން ނިންމާފައިވަނީ މި ހަފްތާއިން ފެށިގެން މި ބަދަލު ގެނައުމަށެވެ. މި ބަދަލާއެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު %40 އަށް އިތުރުކުރެވޭނެއެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަން ޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފައެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް،މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގައެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތިއެތެރެކުރުން ފަދަ ކަންކަމަށް އެ 30 އިންސައްތަ ހޭދަކުރެވޭއިރު، މި އަދަދުގެ ބޮޑު އިންސައްތައެއް ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށްބޭނުން ކުރެވެއެވެ.
މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާ ޑޮލަރުގެ އަދަދު %50 އަށް ބޮޑުކުރުމެވެ.



ޚިޔާލުތައް