A wide advertisement which will be shown on all devices. (700 x 100)

އަހަރުގެ މިހާތަނަށް ޗައިނާއިން 172000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

މި އަހަރުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 172،878 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 172،878 އަށް އަރައިފައެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 144،629 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 117،116 ފަތުރުވެރިނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 91،066 ފަތުރުވެރިންނެވެ.

މިހާތަނަށް މި އަހަރު ރާއްޖެއަށް ވަނީ މުޅި ޖުމްލަ 1،232،403 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،124،801 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 9.6 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖޭގައި މިހާރު 175 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 883 ފަތުރުވެހިގެ އިތުރުން، 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

އެ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިއަހަރު މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމާއެކު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއިން މިހާރު ދަނީ ރާއްޖޭގެ ފަތުރުވެރިކަން ލަންކާއަށް ޕްރޮމޯޓްކޮށް ލަންކާގެ އިންވެސްޓަރުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް އިންވެސްޓުކުރުމަށް ވަނީ ގިނަ ފުރުސަތުތައް ހުުޅުވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !