A wide advertisement which will be shown on all devices. (700 x 100)

މިފްކޯއިން އެބަ ވިސްނާ ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާ ޝޯރޫމެއް ހުޅުވަން: ސަފީރު މަސްޢޫދު އިމާދު

މިފްކޯގެ ޝޯވް ރޫމެއް ލަންކާގައި ހުޅުވުމަށް ދިރާސާތައް ކުރަމުންދާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.
ސަފީރު މިގޮތަށް ވިދާޅުވެފައި މިވަނީ، ދިވެހިންނަށް ސްރީލަންކާގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތް ކަމަށް އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ދިވެހި ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ދިވެހި މަހާއި މަހުގެ އުފެއްދުންތަކަކީ ޒަމާނުއްސުރެ އަވަށްޓެރި ޤައުމުތަކުގައި މަޝްހޫރު އަދި މަޤުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ. އލަންކާގައި ދިވެހި މަސް މަޝްހޫރު ވެފައިވަނީ “އުމްބަލަކަޑަ” ނަމުންނެވެ. މިއާއެކު ދިވެހި މަހުގެ އުފެއްދުންތަކަށް އެ ޤައުމުގައި ޑިމާންޑު އޮތް ނަމަވެސް ފަހަކަށް އައިސް އެޤައުމުގައި މި އުފެއްދުންތައް ވިއްކާ މިންވަރު ދަށްވެފައިވެއެވެ.
ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އެބައޮތް ކަމަށެވެ.
ލަންކާގައި ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށް ލަންކާއިން ހުށަހަޅާފައި އެބައޮތް ކަމަށާއި މ ަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއްވެސް ހުޅުވަން މިފްކޯއިންވެސް ވިސްނަމުންދާކަމަށް މަސްއޫދު ވިދާޅުވިއެވެ.

ސަފީރު ވަނީ މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމެންޓް ހޯދުމަށް އެ ޤައުމުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އަވަށްޓެރި ސްރީލަންކާގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ދިވެހިންނެކޭ އެއްގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަން އެގޮތްތަށް ދަސްކުރުމުގެ ޝައުޤުވެރިކަން އެ ޤައުމުން ފާޅުކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ލަންކާގެ މަސްބޯޓުތަކުން މަސްވެރިކަން ކުރަނީ އާންމުކޮށް ދާ އަޅައިގެންނެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ފަރުތަކަށް ގެއްލުންވެ ނުވަތަ ސަރަހައްދުގެ މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ މިމަހުގެ 28 އިން 30 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް ލަންކާގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހިއްސާކުރައްވާފައިވެއެވެ. މަސްވެރިކަމަކީ އަވަށްޓެރި ލަންކާއިން އިންވެސްޓަރުން ހޯދަމުންދާ އެއް ދާއިރާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !