A wide advertisement which will be shown on all devices. (700 x 100)

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަންކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަންކޮށްފިއެވެ.

އެސްޑީއެފްސީއަށް ވަނީ ބޯޑުގެ މެމްބަރުންނާއި ޗެއާޕާސަން ވެސް އައްޔަންކޮށްފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސް ފާތިމަތު ފަރިހަތު ވަހީދު ވެސް ވަނީ ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރަކަށް އައްޔަންކޮށްފައެވެ.

މީގެކުރިން އެސްީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އައިޝަތު ފިފްޝީން އަލީ މަގާމުން ވަކިކުރީ މިދިޔަ މާޗްމަހުގައެވެ.

ބަދުރުއްދީން ހަސަނަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ބޭންކިންގް އަދި ފައިނޭންޝަލް ސާވިސް ދާއިރާގައި 13 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އޭނާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގައެވެ.

ބީއެމްއެލްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ރީޓެއިލް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާ، ސީނިއާ މެނޭޖާ އޮފް ރީޓެއިލް ބޭންކިންގް، އަދި ހެޑް އޮފް ރީޓެއިލް ބޭންކިންގް އެންޑް ކާޑްސް ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވެއެވެ. އެސްޑީއެފްސީއަށް ވަޑައިގަތުމުގެ ކުރިން ބަދުރުއްދީން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގްގެ މަގާމުގައެވެ. މީގެ އިތުރުން، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް އިން ޗާޓާޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ބަދުރުއްދީން ހާސިލްކުރައްވާފައިވެއެވެ.

އެސްޑީއެފްސީގެ ބޯޑު ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން، ބަދުރުއްދީން ހަސަން ވަނީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އައްޔަންކުރައްވާފައެވެ. ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް، ފާތިމަތު ފަރީހާތު ވަހީދު ވެސް ވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އައްޔަންކުރައްވާފައެވެ.

އެސްޑީއެފްސީގެ ބޯޑު ޑިރެކްޓަރުންނަކީ:

މުހައްމަދު ޝަރީފް، މ. އިފައު، މާލެ (ޗެއާޕާސަން)

ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގޭ، ހދ. ކުޅުދުއްފުށި (މެނޭޖިން ޑިރެކްޓާ އަދި އެގްޒެކެޓިވް ޑިރެކްޓާ)

ފާތިމަތު ފަރިހަތު ވަހީދު، ގ. މާވޭހި، މާލެ

ފާތިމަތު އަޒްމާ، ނާސަރީ، މިސްކިމަގު، ފުވައްމުލައް ސިޓީ

އަހުސަލް މުހައްމަދު، ބަށިމާގެ، ހއ. ހޯރަފުށި

ފާތިމަތު ޔަމްނާ، އަލިމަސް ވިލާ، ސ. މީދޫ

އެސްޑީއެފްސީއަކީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !