A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވިއަނުން، ޗުއްޓީއާ ދިމާކޮށް ބެންކޮކާއި މެލޭޝިއާއަށް ޚާއްޞަ ދަތުރުތަކެއް ކުރަން ނިންމައިފި

ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން އިން ވިދާޅުވީ އެ ދަތުރުތައް އޮންނާނީ މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް ޑިސެމްބަރު މަހު އަދި ޖެނުއަރީ މަހު ކަމަށެވެ.

ދެ މަންޒިލަށް ބާއްވާ ދަތުރުތަކުގެ އަގު އުޅެނީ މެލޭޝިއާއަށް ދެކޮޅު ޓިކެޓު 355 ޑޮލަރަށް އަދި ބެންކޮކަށް 399 ޑޮލަރަށެވެ. މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11 އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13 އަށް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.

ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެއެވެ.

ހާއްސަ ދަތުރުތަކުގެ ޓިކެޓު ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާއިރު މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !