A wide advertisement which will be shown on all devices. (700 x 100)

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 1 އިން 9 އަށް 42،880 ފަތުރުވެރިން ވަނީ ރާއްޖެއަށް އިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 35،668 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއް ވަނައިގައި އޮތީ 242،140 ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާއެވެ. ދެވަނައިގައި އޮތީ ރަޝިއާއެވެ. އެ ގައުމުން 183،669 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެގައުމުން 137،267 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 108،351 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 911 ފަތުރުވެހިގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

އެ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !