A wide advertisement which will be shown on all devices. (700 x 100)

މިކަލް ނިއުސްގެ ހަނދާނުން: ފުވައްމުލަކު ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް މިދިޔަ އޮކްޓޫބަރު 2016ގައި ބޭއްވުނު ޖަލްސާގެ ތެރެއިން

މިއީ 2016 ވަނަ އހަރު ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު މިކަލް ނޫހުން ގެނެސްދީފައި ލައިވް ކަވަރޭޖް އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފިއެވެ.

ޙާފިޒް އަޙްމަދު ސްކޫލްގައި އޮތް މި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުން ރައިސް ޔަމީން ވިދާޅުވީ ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމަކީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ގައިމު ކުރެވޭ އެންމެ ބިޔަ ބޮޑު ފެނާއި ނަރުދަމާގެ ނިޒާމު ކަމަށެވެ. މި މަޝްރޫއަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަރުފިޔާ ހަރަދުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭ ވަރުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރޭ (10 އޮކްޓޯބަރ 2016) ގެ ޖަލްސާގެ ލައިވް ކަވަރޭޖް – މިކަލް ނިއުސް 

އަލީ ފަޒާދުގެ ވާހަކައަށްފަހު ޖަލްސާ ނިންމާލައިފި.

22:38 އަލީ ފަޒާދު: ފުވައްމުލަކު ރައްޔިތުންނަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުންތަކެއް  އުޅޭ ރަށެއް . ލިބޭ ނިއުމަތަށް ޝުކުރު ކުރާ ބައެއް ދިރިއުޅޭ ރަށެއް

22:30 އަލީ ފަޒާދު: ފުވައްމުލަކު ރައްޔުތުންނަށް 10 އަކީ ގުޅިފައިވާ ނަމްބަރެއް. ފުވައްމުުލަކު ބަނދަރު ހުޅުވުނީ 10 ޖުލައި 2003 ގައި އަދި މިއަދު ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން މިދަނީ 10 އޮކްޓޯބަރުގައި. އިރާދަކުރެއްވިޔާ ފުވައްމުލަކު ރައްޔިތުން ރައީސް ޔާމީނަށް 10 އަހަރު ވެސް ދޭނެ.

22:30 އަލީ ފަޒާދު: ފުވައްމުލަކު ހޮސްޕިޓަލުގައި ތައިރޮއިޑު ޓެސްޓު ހެދުމަށް ބޭނުންވާ މެޝިން މިހާރުވަނީ އިންސްޓޯލް ކުރެވިފައި

22:28 މެދުދާއިރާގެ މެމްބަރ އަލީ ފަޒާދުގެ ވާހަކަފުޅު ދައްކަވަނީ …

22:27 ރައިސް ގެ ވާހަކަފުޅު ނިންމަވާލައްވައިފި.

22:24 ރައީސް ޔާމިން: ފުވައްމުލަކަކީ  ބަދަހި ރައްޔިތުން ތަކެއް އުޅޭރަށެއް . އަޅުގަނޑާއި ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުންވެސް އެމީހުންގެ ފެންވަރުން މިއަދު  ބޯރޑްތަށް ހިފައިގެން މިއަދު އަޅުގަނޑަށް މަރުހަބާ ދަންނަވައިފި

22:22 ރައީސް ޔާމިން: ރައްޔިތުންގެ ތާއިދު ހޯދާނީ ރައްޖޭގެ ފަސްގަނޑުގައި ތިބެގެން . އިންތިހާބު ތަކުގައި ކުރިމަތިލާނަމަވެސް ރާއްޖޭގެ ފަސްގަނޑަށް އައިސް ރައްޔިތުންގެ ތާއީދު ހޯދަންޖެހޭނެ

22:08: ރައީސް ޔާމިން: ފުވައްމުލަކު ގައިވެސް ބިން ބޮޑުކުރެވޭނެ ގޮތެއް ނެތް. އަޅުގނޑު މި ސިޓީގެ ރައްޔިތުންނަށް ވެސް ދައުވަތު އަރުވަން ހުޅުމާލެ އާއި މާލެ އަށް ދުރުވަން. 

22:05: ރައީސް ޔާމިން: ޝައްކެތް ނެތް ފުވައްމުލަކުގައި ރީތި އަންހެން ކުދިން ގިނައިން ތިބީމައި ހިތުގެ ބަލިތަށް ޖެހޭލެއް ގިނަވާނެ. މިބަލިއަށް މިހާރު ފަރުވާ ހޯދެވޭނެ ގޮތް މިހާރު ރާއްޖެއިން ވަނީ ހަމަޖެހިފައި

21:58: ރައީސް ޔާމިން: ފުވައްމުލަކު ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީވެސް ކުޑަކަމެއް
ނޫން. މިއީވެސް އަގުބޮޑު މަޝްރޫއެއް ،ގާގަޑަކަށް 26 މިލިއަން ޑޮލަރުގެ
މަޝްރޫއެއް. ސަރުކާރުން މިދަނީ މިމަސައްކަތައް ބޭނުންވާ ފައިސާ ހޯދުމުގެ
މައްސައްކަތް ކުރަމުން. ނެދެރލެންޑުން މިހާރުވަނީ ފެހި ސިގްނަލް ދީފަ. މިބަލަނީ މި ޒައާމަތުގައި މިކަންތަށްވެސް ކޮށް ނިންމާލެވޭތޯ.

21:53: ރައީސް ޔާމިން: އިރާދަކުރެއްވިޔާ ފުވައްމުލަކު ނަރުދަމާގެ މަޝްރޫއަށް ވެގެންދާނީ މިހާތަނަށް ރައްޖޭގައި ގާއިމްކުރެވޭ އެންމެ ބޮޑު ބިޔަ ނަރުދަމާގެ މަޝްރޫއެއް.

21:52: ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ވާހަކަފުޅު ދައްކަވަނީ..

21:51 އެމްޕީ މަސީހުގެ ވާހަކަފުޅު ނިންމަވާލައްވައިފި.

21:49: ފުވައްމުލަކުގެ ހުރިހާ ދިރުމަކީވެސް އަންހެން ރީތި ޖިންސުން ލަތީފުން. އެބޭފުޅުން އަޅުގަނޑުމެންގެ ޑޯޓުޑޯ ޖައްސައިދެނީ

21:47: ފުވައްމުލަކުގައި ތިބެނީ ވަރަށް ތައުލީމީ ބޭފުޅުން، އެސްލޯނު ހޮޅިއަށް ސިކުނޑި ލައްވައިގެން އުޅުއްވާ ބޭފުޅުނެއް ނޫން . އިރާދަކުރެއްވިޔާ ފުވައްމުލަކު 2018 ވަހަރު ރައިސް ޔާމީނަށް ފުވައްމުލަކުން ކާމިޔާބު ކޮށްދެވާނެ. އަޅުގަނޑުމެންނަށް ދެއްކޭނީ ފުވައްމުލަކުގެ ވާހަކަ

21:43: މަސީހު: އަޅުގަނޑުމެން މިތިބީ އަމެރިކާ އާއި އިގެރޭސިވިލާތަށް ވުރެ ކުރީގައި ތަރައްޤީގެ ގޮތުން

21:39: މަސީހު: 300 މިލައިން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ފުވައްމުލަކު ނަރުދަމާގެ މަސައްކަތަށް ހަރަދުވެގެންދާނެ

21:37: މަޖްލީސް ރައިސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ މަސީހުގެ ވާހަކަފުޅު ދެއްކެވުން

21:33: އެމްޕީ ޝާހު: ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުން އެދިނީ މަނިކުފާނު އަނެއްކާވެސް 2018 ގައި ވާދަކުރުމަށް. އަޅުގަނޑުމެންވަނީ ވޯޓު ފޮށިން އޭ ރިޕޯޓު ނަގާފައި، ހޯދަޑު ދިގުވާދު އަދި ދަނޑިމުގުން ދެންވެސް އެކަން ދައްކާނެ.

21:25: އެމްޕީ ޝާހު: އުތުރު ދަިއރާގެ މެމްބަރު އަލީ ޝާހު ވާހަކަފުޅު ދައްކަވަނީ. އަޅުގަނޑުމެންނަށް މިވަނީ ތަރައްޤީގެ ހަނީމޫން އައިސްފައި.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޕީ ޝާހު: ފުވައްމުލަކު ދިގުވާނޑު ދަނޑިމަގު ސަރަހައްދަށް ދާއިރު ފެންނަނީ ނޭޅޭނެކަމަށް ބުނާ ފްލެޓްތަށް އަޅާނިންމާ މަންޒަރު. ފުވައްމުލަކު ތިން ސަރަހައްދަކަށް ބަލާލާއިރު ފެންނަނީ ޒުވާނުންގެ ސްޕޯޓްސް އެރީނާތަށް ފެށިގެން ކުރިޔަށް ދާތަން

21:20: އެންވަޔަމެންޓް މިނިސްޓަ ތޯރިގް ވާހަކަ ފުޅުދައްކަވަނީ. ތޯރިޤު ވިދާޅުވީ އެމްޑީޕީ ގެ ވެރިކަމުގައި ފުވައްމުލަކުގައި ތަރައްޤީގެ މަޝްރޫއެއް ކުރިޔަށް ނުގެންދަވާކަމަށާއި، މުޅިންވެސް ފުވައްމުލަކު ރައްޔިތުންނަށް ދެއްކެވީ ހުވަފެންކަމަށެވެ. އެހެން ކަމުން ސިޓީ ކައުންސިލްގެ ވޯޓު ޕީޕީއެމް އަށް ދެއްވުމަށް ވެސް ތޯރިޤް ވިދާޅުވި.

21:0: ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް ރައީސް ޔަމީން އިފްތިތާހު ކޮށްދެއްވައިފި

21:06: ފުވައްމުލަކު ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ފެށުމުގެ ރަސްމިއްޔާތު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !