ޓެނިހުގެ ކުލޭ ކޯޓުގައި ރަސްކަން ކުރަމުން އަންނަ ރަފޭލް ނަޑާލް އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޒިސްކާ ޕެރެލޯ އާއި ކާވެނިކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް މިކާވެނި ހަފުލާ ބޭއްވިފައިވަނީ މެޑިޓެރޭނިއަން ކަނޑުގެ ރަށެއްކަމަށްވާ މަޔޯކާގައެވެ. މި ހަފުލާއަށް އަށް ދައުވަތު ދެވިފައިވާ 350 އަށް މީހުންނަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
19 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ނަޑާލްގެ ކާވެނި ހަފުލާ ބޭއްވުނީ މަޔޯކާގެ ކިއްލާގައެވެ. މިކިއްލާ އަކީ 1628 ވަނަ އަހަރު ބިނާކުރެވިފައިވާ ކިއްލާއެކެވެ. މިހާރު އެކިއްލާ ހިމެނިފައިވަނީ ސްޕެއިންގެ އެންމެ އަގުބޮޑު މަންޒިލްތަކުގެ ތެރޭގައެވެ.
ނަޑާލް އާއި އޭނާގެ ލޯބިވެރިޔާ ދިމާވެފައިވަނީ އޭނާގެ ކޮއްކޮ މެރިބެލް ގެ ފަރާތުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. 31 އަހަރުގެ ޕަރެލޯ އަކީ ނަޑާލްގެ ކޮއްކޮ މެރިބެލް ގެ ގާތް އެކުވެރިއެކެވެ.
ޚިޔާލުތައް