އެމްއެންޑީއެފްގެ ފުރަތަމަ ފިލްމް “ހާދަރު” ޖުލައި 29 ގައި ފުވައްމުލަކު ސްކްރީނަށް އަންނަނީއެވެ.
މި ފިލްމު ފުވައްމުލަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:00 ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.
މި ފިލްމު ބެލުމަށް ޝަގުވެރިވާ ފަރާތްތަކުން ޓިކެޓް ނެންގެވުމަށް 7784965 އަށް ގުޅުމުން ޓިކެޓް ލިބޭނެ މަގު ތަނަވަސްވެގެން ދާނެކަމަށް މައުލޫމާތު ލިބިއެވެ. މި ފިލްމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.
ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހެދާފައިވާ މި ފިލްމަކީ 3 ނޮވެމްބަރ 1988 ގައި ތަމަޅަ ޓައިގަރުންތަކެއް ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.
+1
+1
ޚިޔާލުތައް