މޯލްޑިވިއަން އިން ބާއްވާމުންގެންދާ ކާގޯ ފްލައިޓްތަކުގައި ރަށްރަށައް މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި އާއްމުކޮށްފިއެވެ.
ކޮވޑް-19 އާއި ގުޅިގެން އާއްމު ފްލައިޓް ދަތުރުތައް އެއްކޮށް ހުއްޓާލެވިފައި ވީނަމަވެސް ކޮންމެ ހަފުތާއަކު ޑޮޮމެސްޓިކް އެއާ ޕޯޓްތަކަށް ކާގޯ ފްލައިޓްތަކެއް އަންނަނީ ބާއްވަމުންނެވެ. އަދި އެ ކާގޯ ފްލައިޓްތަކުގައި އާއްމުންނަށް ކާގޯ ދެކޮޅަށް ފޮނުވޭނެ އިންތިޒާމެއް ވެސް ގައިމުކޮށްފައި ވެއެވެ.
ކުރިން ކޮންމެ ހޯމަ ދުވަހަކު ފުވައްމުލަކަށް ދަތުރުކުރި ކާގޯ ފްލައިޓް މިހާރު އޮންނަނީ ކޮންމެ ހަފުތާއަކު ބުދަ ދުވަހުއެވެ.
އަލަށް އިއްޔެ އާއްމުކުރި އުސޫލުގައި ވާގޮތުން މި ކާގޯ ފްލައިޓްތަކުގައި ރަށްރަށަށް މީހުންނަށް ދަތުރުކުރެވޭނެ އުސޫލެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ރަށަށް ނުވަތަ ހުރިތަނަކުން (ރަަށުން/މާލެއަށް) ދަތުރުކުރެވޭނީ ފުލުހުންގެ ހުއްދައާއި ދަތުރުކުރާ ރަށެއްގެ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
މޯލްޑިވިއަން އިން ޓިކެޓް ނެގުމުގެ ކުރިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10؛00-14:00 އަދި ރޭގަނޑު 20:00-23:00 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ވެއެވެ. ފްލައިޓް ބުކިން ހެދުމަށް އައިޑީކާޑު ކޮޕީއާއި ޕޮލިސް އަދި ކައުންސިލްގެ ހުއްދައާއެކު ފްލައިޓް ޝެޑިއުލް ގަޑީގެ 24 ގައިޑިއިރު ކުރިން މޯލްޑިވިއަންގެ cc@iasl.aero އީމެއިލް އަށް އީމެއިން ކުރަން ޖެހެއެވެ.
ޚިޔާލުތައް